މިދިޔަ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓް ދޭން ނިންމައިފި

ކަރަންޓް ބިލްތައް ބޮޑުވެ އާންމުން ޝަކުވާ ކުރަމުން ދަނިކޮށް، މިދިޔަ މަހުގެ ކަރަންޓު ބިލުންތަކުން 40 ޕަސެންޓުގެ ޑިސްކައުންޓް ދޭން ސަރުކާރުން ނިންމައިފި އެވެ.
ބައެއް ގޭގޭގެ މިދިޔަ މަހުގެ ކަރަންޓް ބިލް އާދަޔާހިލާފަށް ބޮޑުވުމުގެ ޝަކުވާތައް ވަނީ ކޮށްފަ އެވެ.
ސްޓެލްކޯގައި ދެންމެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާން ކުރަމުން ބުނީ އެއީ ސަރުކާރުގެ ސަބްސިޑީއެއް ކަމަށެވެ. މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދިނުމުގެ އިތުރުން ނުދެއްކި ހުރި ބިލްތައް އެކި މަސްތަކަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ސްޓެލްކޯ އިން ވަނީ ހަމަޖައްސައިދީފަ އެވެ.
ތަފުސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ