މާމިގިލީގައި އަޅަން ވައުދުވެވަޑައިގެންފައިވާ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލްގެ މަސައްކަތް ފެށުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބެލުމަށް ޖެނުއަރީ ހަތްވަނަ ދުވަހު ޔޫރަޕްގައި ހޮސްޕިޓަލު އެޅުމަށް އެންމެ މަޝްހޫރު ކުންފުނީ ތަޖުރިބާކާރުން މާމަގިލިޔަށްދާނެ ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު މާމަގިއްޔަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށާ އެއީ ޔޫރަޕްގެ ހޮސްޕިޓަލްތަކުގެ ސްޓޭންޑަޑްގައި އަޅާ ހޮސްޕިޓަލަށްވާނެ ކަމަށެވެ.
މާމިގިލީގައި ހޮސްޕިޓަލް އެޅުމުގެ ސަބަބުން ސަރަހައްދާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ލުޔި ފަސޭހަވެ ސިއްޙީ ރޮނގުން ރާއްޖެއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވެސް ޤާސިމް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ މާމަގިއްޔަކީ އެއާޕޯޓެއް ވެސް ޤާއިމްކޮށްފައިވާ ރަށަކަށްވާތީ އެ ހޮސްޕިޓަލްގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބިގެންދާނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށާއި ހޮސްޕިޓަލުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެ ކަމަށެވެ.
މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ގާސިމް އިބުރާހިމަށް ޑޮކްޓަރޭޓް އޮފް އެންޓަޕްރިނޭޝަން އެރުވުމުގެ އުފަލުގައި މާމަގިލީގެ ރައްޔިތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް މިއަދު ހަވީރު މާމިގިލީގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. އެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގެންނެވުމުން މާމަގިލީ އެއާޕޯޓުން އެމަނިކުފާނަށް ވަނީ ރަތް ދޫލައިގެ މަރުހަބާއެއް ދަންނަވާފަ އެވެ.
މާމިގިލީގައި އަޅާ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލުގެ ބައެއް މަސައްކަތް އަންނަ މަހު ފަށާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ