ޕީޕީއެމްގެ ރައީސްކަމުގެ މަޤާމަށް ރައީސް މައުމޫން ކުރިމަތި ލައްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރައީސްކަމުގެ މަޤާމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ކުރިމަތިލައްވައިފިއެވެ.
މިކަން ހާމަކޮށް ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރައީސްކަމަށް މައުމޫން ވަޑައިގެންނެވުމަށް ޕީޕީއެމްގެ މެމްބަރުންގެ ފުރިހަމަ ތާޢީދަށް އެދިވަޑައިގަންނަވާކަމުގައެވެ.
މާތް ﷲ ގެ ވާގިފުޅާއިއެކު ލިޔާޤަތު ތަންދިން އެންމެ ފުރިހަމަ ގޮތެއްގައި ޕާޓީއަށާއި ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ހުންނަވާނެކަމަށް ވެސް މައުމޫން ވިދާޅުވެފައިވާ ކަމަށް ބަޔާނުގައިބުނެފައިވެއެވެ.
އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ ޕީޕީއެމްގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވިކަން މައުމޫން އިއުލާން ކުރެއްވީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ