ޑިމޮކްރަސީއަކީ ރާއްޖޭގެ އިގްތިސާދަށް އައި ސުނާމީއެއް: ޖިހާދު

ޑިމޮކްރަސީއަކީ ހަރަދު ބޮޑު ނިޒާމެއް ކަމަށާއި ޑިމޮކްރަސީ ރާއްޖެއަށް ގެނައި އިރު އެ ނިޒާމަށް ހަރަދު ކުރާނެ ގޮތްތަކެއް ހޯދާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ޖިހާދު މިއަދު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެއަށް އަރާފައިވާ ކަމަށެވެ.
ސުނާމީގެ ގޮތުގައި ބޮޑުރާޅެ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެރ އިރު، ހަރަދު ކުރާނެ ގޮތެއް ނެތީސް ޑިމޮކްރަސީ ރާއްޖެއަށް ގެނައުމަކީ ރާއްޖޭގެ އިގްތިސާދަށް އެރި ބޮޑު ސުނާމީއެއްގެ ގޮތުގައި ޖިހާދު ސިފަ ކުރެއްވިއެވެ.
ސަރުކާރު ހިންގުމުގައި ގިނަ މަގާމުތަކެއް އައްޔަން ކުރަން ޖެހޭކަން ޖިހާދު ފާހަގަ ކުރެއްވިއެވެ.
ޖިހާދު ވިދާޅުވީ ރާއްޖެ މިއަދު ތަހައްމަލު ކުރަމުން މިދަނީ މީގެ ކުރިން ވިސްނާ ނުލާ ކަންތައްތައް ކުރެވިފައި ހުރި ގޮތުން ކަމަށެވެ.
ޖިހާދު ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ބައެއް ކުންފުނިތަކާއި ކޯޕަރޭޝަންތައް އުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ވޯކްސް ކޯޕަރޭޝަން އުވާލާފައިވާ ކަމަށާއި އެމްއެންސީއެލް ފަދަ ބައެއް ކުންފުނިތައް ވެސް އުވާލަން ޖެހޭ ކަމަށް ޖިހާދު ވިދާޅުވިއެވެ.
ޖިހާދު ވިދާޅުވި ގޮތުގައި މިއަހަރުގެ ނިޔަލަށް 26 ބިލިޔަން ރުފިޔާއަށް ރާއްޖޭގެ ދަރަނިތައް އަރާނެއެވެ.
އެހެން ކަމުން އެކަން ކޮންޓްރޯލުކޮށް އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ހުރިހާ ފަރާތްތަކުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވިއެވެ.
ނަމަވެސް ބައެއް މިނިވަން މުއައްސަސާތަކުން އެއްބާރުލުން ދޭން ބޭނުން ނުވާ ކަމަށް ޖިހާދު ފާހަގަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ