3،000 މީހުން ހަމަ ނުވާ ސިޔާސީ އަށް ޕާޓީއެއް އުވާލައިފި

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފައި ނުވާ އަށް ޕާޓީއެއް އިލެކްޝަންސް ކޮމިޝަނުން މިއަދު އުވާލައިފި އެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވި ގޮތުގައި މި ޕާޓީތައް އުވާލީ، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މެމްބަރުން ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އެވެ. އެ މުއްދަތު ހަމަވެފައިވަނީ މި މަހު ހަތެއްގަ އެވެ. 3،000 މެމްބަރުން ހަމަނުވެގެން އުވާލި ޕާޓީތައް ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ)ހޯމް މިނިސްޓަރު އުމަރު ނަސީރު އުފެއްދެވި އިސްލާމިކް ޑިމޮކްރަޓިކް ޕާޓީ (އައިޑީޕީ) ހ. ރީކޯ އިބްރާހީމް މަނިކު އުފެއްދެވި ދިވެހި ރައްޔިތުންގެ ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެންއެސްޑީޕީ)ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއީލްގެ ސޯޝަލް ލިބަރަލް ޕާޓީސ. ހުޅުދޫ އިރުޒުވާމާގޭ (މ. ރަންއިލި) އަހުމަދު ރިޔާޒުގެ ޕީޕަލްސް ޕާޓީމުހައްމަދު ނައީމް (މޮނާޒާ ނައީމް)ގެ މޯލްޑިވްސް ނެޝަނަލް ކޮންގްރެސް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް)ގެ މޯލްޑިވްސް ލޭބާ ޕާޓީކުރީގެ އެޓާނީ ޖެެނެރަލް ޑރ. ހަސަން ސައީދުގެ ދިވެހި ގައުމީ ޕާޓީ މި އަށް ޕާޓީގެ ތެރެއިން އެންމެ މެމްބަރުން ގިނަ އައިޑީޕީގައި ތިބީ 2،133 މެމްބަރުންނެވެ. މެމްބަރުން އެންމެ މަދު ސޯޝަލް ލިބަރަލް ޕާޓީގައި ތިބީ 460 މެމްބަރުންނެވެ. އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ހަމަޖައްސާފައި ވަނީ މި މަހު 31 ގެ ނިޔަލަށް 10،000 މެމްބަރުން ހަމަވެފައިވާ ޕާޓީތަކަށެވެ. މިހާރު 10،000 މެމްބަރުން ތިބީ އެމްޑީޕީ އާއި ޕީޕީއެމާއި ޑީއާރުޕީގެ އިތުރުން ޖުމްހޫރީ ޕާޓީގަ އެވެ. އިލެކްޝަންސް ކޮމިޝަންގައި ޖުމްލަ 14 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ