އެކި ފަހަރު މަތިން ފަސްކޮށްފައިވާ މި އަހަރުގެ ޔޫތު އެވޯޑްސް މިހާރު އަންނަ އަހަރު ބާއްވާ ގޮތަށް ނިންމައިފި އެވެ.
ތަފާތު ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޔޫތު އެވޯޑު އެންމެ ފުރަތަމަ ބާއްވަން ނިންމީ މި އަހަރުގެ އޮގަސްޓް 12 ގަ އެވެ. އޭގެ ފަހުން މި އޮކްޓޯބަރު 22 ގައި ހަފުލާ ބާއްވަން ވެސް ނިންމި އެވެ.
ނަމަވެސް، ފަހުން މުއްދަތެއް ނެތް ގޮތަށް އެވޯޑު ހަފުލާ ފަސްކުރި އެވެ.
ޔޫތު އެވޯޑު ފަސްކުރަން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަން އެޅި ފިޔަވަޅުތަކާ ގުޅިގެންނެވެ. އިތުރުވުމާ ގުޅިގެން، ހަރަދުތައް ކުޑަ ކުރުމުގެ ގޮތުންނެވެ.
މި އަހަރު ޔޫތު އެވޯޑްސްގެ ގޮތުގައި ތަފާތު 17 ދާއިރާއަކުން އިނާމު ދޭން އޮތީ ނިންމައިފަ އެވެ.
އިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:
· ވިޔަފާރި އާއި އިގުތިސާދު
· އާޓްސް އެންޑް ކަލްޗާ: ފަންނުވެރިކަމާއި ސަގާފަތް ދިރުވުން
· މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
· ދަރުމަވެރިކަން
· ވޮކޭޝަނަލް ޓްރެއިނިން: ދަސްކޮށްދިނުން
· ނަފިސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
· ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތްކުރުން
· މަސްވެރިކަމުގެ ދާއިރާ
· ދަނޑުވެރިކަމުގެ ދާއިރާ
· މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރުން
· ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތްކުރުން
· ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
· ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
· ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރުން
· ކުޅިވަރުގެ ދާއިރާއިން: ކުޅިވަރުގެ ދާއިރާއިން އާދަޔާއި ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތްތައް
· ފަންނިއްޔާތުގެ ދާއިރާ
· ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ޔޫތު އެވޯޑު އެންމެ ފަހުން ދިނީ 2022 ގަ އެވެ.
ޔޫތު އެވޯޑްސް އަންނަ އަހަރަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ