ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮހަޅައަކަށް (އަލިމަތާ ކޭވް) ފީނަން ގޮސް އުޅެނިކޮށް، މީގެ ހައެއްކަ ދުވަސް ކުރިން ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހުރިހާ ޑައިވަރުންގެ ހަށިގަނޑުތައް ކަނޑުއަޑިން ނަގައި، މާލެ ގެނެސްފިއެވެ.
އަލިމަތާ ކޭވް އަށް ޑައިވިނަށް ގޮސް އުޅެނިކޮށް އިޓަލީގެ ފަސް ޑައިވަރަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު އެ ދުވަހު ފެނިފައިވާއިރު، ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ހޮހަޅައިން ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ފިންލޭންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކާއި، އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ހިންގި ޚާއްސަ ރިކަވަރީ އޮޕަރޭޝަނެއްގައެވެ.
މި ހާދިސާގައި މަރުވެފައިވަނީ:
ސަރުކާރު ގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ހޮހަޅައިގައި ތާށިވެފައި ތިބި އެންމެ ފަހު ދެ ޑައިވަރުންގެ ހަށިގަނޑު ނަގާފައިވާ ކަމަށާއި އަދި އެ އެންމެންގެ ހަށިގަނޑުތައް މިހާރު މާލެ ގެނެސް މޯޗަރީއަށް ލާފައިވާ ކަމަށެވެ. ފުލުހުން މިހާރު އަންނަނީ އެމީހުންގެ ފޮރެންސިކް އައިޑެންޓިފިކޭޝަން ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި އިޓަލީ ސަރުކާރާއި، އެމްއެންޑީއެފް، ފުލުހުންގެ އިތުރުން ރާއްޖޭގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ “ފޯސައިޓް” އަދި “ވޯޓާ ސޮލިއުޝަންސް” އިން ވެދިން އެހީތެރިކަން ސަރުކާރުން ފާހަގަކުރެއެވެ. މި ދެ ކުންފުނިން ވަނީ ހިލޭ ސާބަހަށް އެމީހުންގެ އުޅަނދުތަކާއި، މެޝިނަރީ އަދި އާރުއޯވީބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ހިތާމަވެރި ރިކަވަރީ އޮޕަރޭޝަންގެ ތެރޭގައި، މިދިޔަ ހޮނިހިރު ދުވަހު އެމްއެންޑީއެފް ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވުމާ ގުޅިގެން މެދުކަނޑާލި އޮޕަރޭޝަން އަލުން ފެށީ ހޯމަ ދުވަހުއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭ ގޮތުގައި، ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓު) އަޑިން، ހޮހަޅައިގެ ތެރެއިންނެވެ. ފަހުގެ ތާރީޚެއްގައި ހިނގި މި އެންމެ ހިތާމަވެރި ކަނޑުމަތީގެ ހާދިސާއާ ގުޅިގެން، އެ ޑައިވަރުން ދަތުރުކުރި ސަފާރީ “އެމްވީ ޑޫކް އޮފް ޔޯކް” ގެ އޮޕަރޭޓިންގ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ސަރުކާރުން މިހާރު އިޓަލީ ވިލާތުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދަނީ މަރުވި މީހުންގެ ހަށިގަނޑުތައް އެނބުރާ ގައުމަށް ފޮނުވާލުމަށެވެ. މީގެ ތެރެއިން އެންމެ ފުރަތަމަ ދުވަހު ފެނުނު މިއުރިއަލް އޮޑެނީނޯގެ ހަށިގަނޑު މިހާރު ވަނީ ގައުމަށް ފޮނުވާލެވިފައެވެ.
ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށްފި ދިރާގު ފައިބާ ބޭނުންކުރާ ފަރާތްތަކަށް 150,000 ރުފިޔާގެ ހޯމް ތަކަފުލް ޕްލޭނެއް ހިލޭ ވޯލްޑް ޓްރެވަލް އެވޯޑްސް މިއަހަރު ރާއްޖެއަށް ލަންކާގައި ގަވާއިދާ ހިލާފު ބްރޯޑްކާސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ