މާލޭގައި މިހާރު ހިނގަމުންދާ ސިލްސިލާ މާރާމާރީތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި އަށް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ސިލްސިލާކޮށް މާލެ ތެރޭގައި ހިނގަމުންދާ މާރަމާރީތަކާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ އެ އަށް މީހުންގެ ބަންދާ މެދު ގޮތެއްް ނިންމުމަށް ފުރަތަމަ ފަހަރު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 15 ދުވަސް ޖެހި ކަމަށެވެ. ނަމަވެސް، ދެވަނަ ފަހަރަށް ހާޒިރުކުރުމުން ކޯޓުން އެމީހުން ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެފައިވެއެވެ
މާލޭގައި މިހާރު ހިންގަމުން ގެންދާ މާރާމާރީގައި ތޫނު އެއްޗެހި ބޭނުންކޮށް ހަމާދީފައިވާއިރު، މި މާރާމާރީ ފެށެން ދިމާވީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.
ނަމަވެސް މިއީ ދެ ގޭންގެއްގެ ދެމެދުގައި ހިނގި މާރާމާރީއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ހާމަކުރައްވައިފައެވެ.
މާރާމާރީގައި އަނިޔާވި އެކަކަށް މިހާރު ވެސް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. އެމީހާގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަން އާންމު ވެފައިވާ ފޮޓޯ އާއި ވީޑިއޯ ތަކުން އެނގެއެވެ.
މިހާރަކަށް އައިސް މަސްތުވާތަކެތި ވެސް ވަނީ މާލޭގައި އާންމު ވެފައެވެ. އެގޮތުން މިދިޔަ މަހު ހައްޔަރު ކުރި މީހުންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ހައްޔަރު ކުރި މީހުންނެވެ.
މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި އެންމެން ކޯޓުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ