ޝާޒު ގުރައިދޫ ދާއިރާގެ މަޖިލިސް މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ކަމުގެ ހުވާ އެ ދާއިރާގެ މެމްބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އިބްރާހީމް ޝާޒު މިއަދު ކުރައްވައިފި އެވެ.
ދާދި ފަހުން އިންތިހާބުވެވަޑައިގެންނެވި ޝާޒު މަޖިލިސް މެމްބަރު ކަމުގެ ގާނޫނީ ހުވާ ކުރެއްވީ މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ގާނޫނީ ހުވާ އޭނާއަށް ލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ. އެގޮތުން މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްުޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިފާ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްފާޟިލް އިބްރާހީމް ޝާޒު ރައްޔިތުން މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި pic.twitter.com/bXBZqSNng2
— People's Majlis (@mvpeoplesmajlis) April 24, 2023
ގާނޫނީ ހުވާ ކުރެއްވުމާއި އެކު މެމްބަރު ޝާޒު ވަނީ މިއަދު މަޖިލީހުގެ ސެޝަނުގައި ބައިވެރިވެވަޑައިގެންފައެވެ.
މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެ އައު މެމްބަރަކު އިންތިހާބު ކުރަން ޖެހުނީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީޕީއެމް މެންބަރު އަލީ ރިޒާ އަވަހާރަވުމާ ގުޅިގެންނެވެ. މެންބަރު ރިޒާ އަވަހާރަވެފައިވަނީ މި މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިޔާގައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ