މި ހަރަކާތުން އެ ރަށުން ޖުމްލަ 260,800 ރުފިޔާ ވަނީ އެއްކުރެވިފައި އެވެ. މީގެ ތެރެއިން 126,560 ރުފިޔާ ހަދިޔާކުރީ އިންޖީނުގޭގެ މުވައްޒަފުންނެވެ.
އއ. ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާއެކު، ހިމަންދޫ ކައުންސިލް، ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމްޢިއްޔާތައް ގުޅިގެން ފަލަސްތީނަށް ފައިސާ އެހީއެއް ވުމަށް ފަންޑަ ރެއިޒިން އިވެންޓެއް ބާއްވައިފި އެވެ.
ސްޓެލޯ އިން ބުނީ ފަލަސްޠީނުގެ އައްޒާގެ ރައްޔިތުންނަށް އެހީތެރިވުމަށްޓަކައި "ހެލްޕް ޣައްޒާ ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިންގުނު ޚައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ ވަނީ އެއްކުރެވިފައި އެވެ. މީގެ ތެރެއިން 126,560 ރުފިޔާ ހަދިޔާކުރީ އިންޖީނުގޭގެ މުވައްޒަފުންނެވެ.
އެ ކުންފުނިން ބުނީ މިފަދަ އިޖްތިމާޢީ ހިދުމަތުގެ މަސައްކަތްތަކުގައި މި ކުންފުނީގެ މުވައްޒަފުން ޢަމަލީގޮތުން ދައްކަމުންދާ ނަމޫނާއަށްޓަކައި އެ ކުންފުނިން ފަހުރުވެރިވެ އެވެ. އަދި އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަކޮަށް ހަލާކުކޮށްލައިވާ ގާޒާއަށް އެހީވާން ރާއްޖޭގެ އެކި ރަަށްރަށުގައި ގިނަ ހަރަކާތްތަކެއް ވަނީ މީގެ ކުރިންވެސް ހިންގާފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހިމަންދޫން ފަލަސްތީނަށް އެހީއެއް | ބޮޑުބައި އެ ރަށު ސްޓެލްކޯ މުވައްޒަފުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ