ޔޫކޭގައި ރާއްޖެ ޕްރޮމޯޓް ކުރަން ޓްރެވަލްބޭގް އާ ގުޅިގެން ކެމްޕޭނެއް ފަށައިފި

މި އަހަރުގެ މާޗް މަހުން މެއި މަހުގެ ނިޔަލަށް ކުރިއަށްދާ މި ސްޓްރެޓެޖިކް ކޯލަބަރޭޝަންގެ އަމާޒަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއާ އެންޑް ޓްރެވަލް ސާވިސް ފޯރުކޮށްދޭ އެއް ކުންފުނި، ޓްރެވަލްބޭގް (ޑިނާޓީއޭ ޔޫކޭ) އާ ގުޅިގެން އިނގިރޭސިވިލާތުގައި ޖޮއިންޓް މާކެޓިން ކެމްޕޭނެއް ފަށައިފި އެވެ.އެމްއެމްޕީއާރުސީން ބުނީ، މި އަހަރުގެ މާޗް މަހުން މެއި މަހުގެ ނިޔަލަށް ކުރިއަށްދާ މި ސްޓްރެޓެޖިކް ކޯލަބަރޭޝަންގެ އަމާޒަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަގުބޫލް މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުން ކަމަށެވެ.ސާޅީސްފަސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އާއެކު ޓްރެވަލްބޭގުން އަމާޒު ކުރަނީ މަލްޓި އައިލެންޑް ޗުއްޓީތަކާއި ހައި އެންޑް ރިސޯޓްތަކުގައި ޕާސަނަލައިޒްޑް ލަގްޒަރީ ޓްރެވަލް އެކްސްޕީރިއަންސްތައް އުފެއްދުމަށެވެ. ޓްރެވަލްބޭގުން އިނގިރޭސިވިލާތުގައި އަށް ރީޓެއިލް ފިހާރައެއް ހިންގާއިރު، 95 ޕަސެންޓު ބުކިންތައް ހޯދަނީ އޮފްލައިންކޮށް މި ފިހާރަތަކުންނާއި ކޯލް ސެންޓަރުތައް މެދުވެރިކޮށެވެ. މީގެ އިތުރުން، މި ކުންފުނި ހާއްސަވެފައިވަނީ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލް ކަމަށްވާ ރާއްޖެ ފަދަ ލަގްޒަރީ މަންޒިލްތަކަށެވެ. އެގޮތުން، މި ކެމްޕޭންގެ މައިގަނޑު އަމާޒަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް އެންމެ މަޤްބޫލް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ހޮވުމަށް ބާރުއެޅުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.މި ކެމްޕޭން އަމާޒުކޮށްފައިވަނީ ކަޕަލްސް އަދި ހަނީމޫންއަށް ދަތުރުކުރާ ފަރާތްތަކާއި އާއިލާތަކާއި ސޯލޯ އަދި ގްރޫޕް ޓްރެވަލާސް ފަދަ ވަކި ޑިމޮގްރަފިތަކަކަށެވެ. އެގޮތުން، ޓްރެވަލްބޭގްގެ ގާއިމްކޮށްފައިވާ ކަސްޓަމާ ބޭސް ބޭނުންކޮށްގެން ހަރަދު ކުޑަ، ފޯކަސް މާކެޓިން ކުރިއަށް ގެންދާނެ އެވެ. ރީޓެއިލް އަދި ޑިޖިޓަލް ޕްލެޓްފޯމްތައް ހިމެނޭ ކްރޮސް ޗެނަލް އެޕްރޯޗެއް ބޭނުންކޮށްގެން، މި ކެމްޕޭނުން ރީޗް އަދި އެންގޭޖްމަންޓް އެންމެ ފުރިހަމައަށް ލިބި، ގިނަ ޓަޗްޕޮއިންޓްތަކެއްގައި ޕޮޓެންޝަލް ކަސްޓަމަރުންނާ ގުޅެ އެވެ. އަދި ހަމައެހެންމެ، އިނގިރޭސިވިލާތުގެ މާކެޓަށް އެމްއެމްޕީއާރުސީއިން ކަނޑައަޅާފައިވާ ސްޓްރެޓެޖީތަކާ އެއްގޮތަށް މި އިސްނެގުމުގައި ބޮޑަށް އަލިއަޅުވާލަނީ ވަކިވަކި އުފެއްދުންތަކާއި ރާއްޖޭގެ ތަފާތު ތަޖުރިބާތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަށެވެ. މިގޮތުން ރާއްޖޭގެ ލަގްޒަރީ ރިސޯޓްތަކާއި ލިވަބޯޑްތައް އަދި ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ހުރި ފުރުސަތުތަކާއި ރާއްޖޭގެ ސާފު ރީތި ތިމާވެއްޓާ ގެޅޭ ތަފާތު ތަޖުރިބާތަކާއި ތިމާވެށި ހިމާޔަތްކުރަން ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލެވޭނެ އެވެ. "1.7 މިލިއަނަށް ވުރެ ގިނަ ފަރާތްތަކުގެ ރީޗްއެއް ލިބޭނެ ކަމަށް ލަފާކުރެވޭ މި ކެމްޕޭންގެ އަމާޒަކީ ކެމްޕޭން މުއްދަތުގައި އާމްދަނީގެ ގޮތުގައި ކޮންމެ ބުކިންގ އަކުން 10،680 ޕައުންޑް ލިބުމެވެ،" އެމްއެމްޕީއާރުސީން ބުންޏެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ. 05 އޭޕްރީލް 2025 ގެ ނިޔަލަށް 70,561 އިނގިރޭސި ފަތުރުވެރިން ދިވެހިރާއްޖެއަށް އައިސްފައިވަނީ %10.6 ގެ މާކެޓް ހިއްސާއަކާއެކުގަ އެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓްގެ ގޮތުގައި އިނގިރޭސިވިލާތްވެފައިވާއިރު، އެމްއެމްޕީއާރުސީއިން މި މާކެޓްގައި ތަފާތު ހަރަކާތްތައް ހިންގަ އެވެ. މިދިޔަ އަހަރު އެމްއެމްޕީއާރުސީއިން ވަނީ ‘ޑިސްކަވަރ މޯލްޑިވްސް’ ވެބިނާ ސީރީޒް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ޑަބްލިޔުޓީއެމް ލަންޑަން 2024 ގައި ބައިވެރިވެ، މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅުން އިތުރަށް ބަދަހިކުރުމަށް ޑަބްލިޔުޓީއެމް ލަންޑަންގެ ތެރޭގައި މޯލްޑިވްސް މީޑިއާ މީޓެއްވެސް ބާއްވާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ