މިއަދުގެ ޕްރެސް ކޮންފެރަންސްގައި ސުވާލު ކުރުމުން، އިޒްރޭލު ޕާސްޕޯޓް މަނާކުރާނެ ކަމަށް ސަރުކާރުން ނުބުނި!

އިޒްރޭލު ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފައި ވާއިރު، އެކަމުގައި ސަރުކާރުގެ ސިޔާސަަތު އޮތީ ކިހިނެތްތޯ ސުވާލުކުރުމުން ސަރުކާރުން މިއަދު ވެސް ސާފު ޖަވާބެއް ނުދިނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރީ “އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުމާ މެދު ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ” އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުގެ ބަދަލުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްކެވީ ފަލަސްތީނު މީހުންނާ ރާއްޖެއާ އޮތް ގާތްކަމުގެ ވާހަކަ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަކީ އަބަދުވެސް ސަރުކާރުގެ ސްޓޭންޑް ކަމަށް ވިދާލުވެ، ވާހަކަ ކުރުކޮށްލީއެވެ.
އިޒްރޭލުގެ ޕާސްޕޯޓް ބޭން ކުރާނެ ކަމަށް ވިދާޅުވެ ޖަވާބު ނެދެއްވިއެވެ. ރާއްޖެއިން އިޒްރޭލް ޕާސްޕޯޓް މަނާ ކުރަން ނުކެރިގެން އުޅެނީ އެމެރިކާދެކެ ބިރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ