އިމާމުންނާ ޚަޠީބުން ތައްޔާރުކުރަން ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މި 5 މަސްދުވަހުގެ ތެރޭގަވެސް މަސައްކަތް ކުރެވިއްޖެ!: ޑރ. ޝަހީމް

ދެން މިއޮތީ އިމާމުންގެ ވާހަކަ. އެންމެ ކާމިޔާބު ކަމާއެކުގަ މިނިސްޓްރީގަ ދާ މަޝްރޫއުތަކުގެ ތެރޭގައި އިމާމުންނާ ގުޅޭ ކަންތައްތައް ހިމެނޭ. އިސްލާމިކް މިނިސްޓްރީގެ އިމާމުންގެ ޖަމާޢަތެއް މިހާރުވެސް ސައުދިއަރަބިއްޔާގަ އެބަތިބި، ޓްރެއިނިންގް އަކަށް ގޮސް. ތިބޭފުޅުންނަށް ފޮޓޯ ފެންނާނެ މިނިސްޓްރީގެ ސޯޝަލް މީޑިޔާއިންނާއި އަދި އެހެން މީޑިއާގެ ވަސީލަތްތަކުން. ގާތްގަނޑަކަށް އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫއުގެ ތެރެއިން 100 އެއްހާ އިމާމުން މިހާރު ވަނީ ތާޒާކުރެވިފަ. މި 5 މަސް ދުވަހުގެ ތެރޭގަ. އޭގަ އިތުރުނަ 100 އެއްހާ ޚަތީބުންނަށް ވާނީ އަލުން ހުއްދަ ދެވިފަ.
ޒުވާން ޚަތީބުން" އެއީ ފާހަގަ ކޮށްލެވޭ މަޝްރޫއެއް. މީގެ އިތުރުން 40 އަކަށް މީހުންނަށް ރާއްޖެއިން ބޭރުން މިވަނީ ތަމްރީނު ދެވިފަ  ސައުދި އަރަބިއްޔާގަ. އަދި އެކި ޤައުމުތަކަށް ކުރިއަށް އޮތް ތާނުގަ ޒިޔާރަތް ކުރާނެ. މިޞްރަށް، މެލޭޝިޔާއަށް، ބުރުނާއީއަށް، އިންޑޮނޭޝިއާއަށް މި ޤައުމުތަކަށް ރާއްޖޭގެ އިމާމުން ދަތުރު ކުރާނެ. އަޅުގަނޑުމެން ފުރުސަތު ފަހިކޮށްދޭނަން އިރާދުކުރެއްވިއްޔާމު. ފުރުސަތު ފަހިކޮށްދޭނަން އަޅުގަނޑުމެން. އިމާމުންގެ އަރިހުން އަޅުގަނޑު އެދެނީ ދަތުރު ކުރަން. ތަންތަނަށް ޒިޔާރަތްކޮށް ޢިލްމުވެރިންނާ ބައްދަލުކޮށް ނަސޭޙަތް އަޑުއަހާ. މީހާއަށް ކުރިއެރުން މި ލިބެނީ ހަމައެކަނި ކޯހެއް ހަދައިގެންނެއް ނޫން. ޢިލްމުވެރިންނާ ބައްދަލުކޮށް ނަސޭހަތް އަޑުއަހާ، އިތުރު ޢިލްމު ހޯދާ، މި ގޮތުންވެސް މީޙާގެ ޝަޚްސިއްޔަތު ބިނާ ކުރެވޭނެ. ވަރަށް ގިނަ މައުލޫމާތު ލިބޭނެ. ވަރަށް ގިނަ ފައިދާ ލިބޭނެ. ރަނގަޅު މީހުންނާ ބައްދަލުވެ. 
މިހާތަނަށް ކުރެވުނު ތަޖްރިބާއަށް ބަލައިރުގަ މީސަރުކާރު ފެށުނު ފަހުން އަޅުގަނޑުމެންނަށް 40 ހަކަށް މީހުން ފޮނުވިއްޖެ ތަމްރީނަށް ބޭރަށް. އެއީ ވަރަށް ބޮޑު ކުރިއެރުމެއް އެއީ.އެއީ ވަރަށް ބޮޑު ކާމިޔާބެއް އެއީ. 100 އެއްހާ އިމާމުން ރާއްޖޭގަ އަލަށް އަޅުގަނޑުމެން ފަރުމާކުރި ޤައުމީ މަޝްރޫއުގެ ތެރެއިން ތާޒާ ކުރެވިއްޖެއޭ، ވަރަށް ބޮޑު ކާމިޔާބެއް އެއީ. 100 އެއްހާ ޒުވާން ޚަތީބުން އަޅުގަނޑުމެންނަށް ނެރެވިއްޖެއޭ، ވަރަށް ބޮޑު ކާމިޔާބެއް އެއީ. 
ރާއްޖޭގަ ކޮން ސަރުކާރަކުންތޯ 3،4 މަސް ދުހުގެ ތެރޭގަ މި ހުރިހާ ކަމެއް ކުރެވުނީ. އަޅުގަނޑުމެން ފަޚުރުވެރި ވަނީކީއެއް ނޫން މިކަމަށްޓަކާ. އެކަމަކު އަޅުގަނޑުމެން ދަންނަވާނީ މިކަންކަން މި ކުރެވެނީ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާގެ ވަރަށް ބޮޑު އެހީތެރިކަމަކާ ސަޕޯޓެއް މި ވުޒާރާއަށް ދީފަ އޮތުމުގެ ސަބަބުންނޭ. އެވާހަކަ ބުނަން މިވާހަކަ މި ބުނެލީ. 
އެހެންމަ ކުރިއަށް އޮތް ތަނުގަވެސް އަޅުގަނޑުމެން ބޭނުންވަނީ މި ކަންތައް ކުރިއަށް ގެންދަން. ރާއްޖެ މިއޮތީ ރަނގަޅު މިސްރާބެއްގަކަން ބުނަން އަޅުގަނޑު ބޭނުންވަނީ. މި މިސްރާބު އިރާދުކުރެއްވިއަޔާމު ބަދަލެއް ނުވާނެ އިން ޝާ ﷲ ތަޢާލާ. 
- އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަފުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ