ހިންމަފުށީގައި "އޮޕަރޭޝަން ކުރަނގި" ހިންގައި 164 ބިދޭސީންގެ މައުލޫމާތު ނަގައިފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން ހިންމަފުށީގައި "އޮޕަރޭޝަން ކުރަނގި" ހިންގައި 164 ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް އަޙްމަދު ސިއްދީޤް ވިދާޅުވީ، ކުރަނގި އޮޕަރޭޝަނުގެ ދަށުން އެންމެ ފުރަތަމަ މައުލޫމާތު ނަގާފައިވާ ކ. ހިންމަފުށިން 4 ގަޑި އިރުތރޭގައި 164 ބިދޭސީންގެ މައުލޫމާތު އެއްކުރެވުނުކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސްގެން، ޤާވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ ޖުމްލަ އަދަދު ބަލާނެ ކަމަށެވެ. 
އޮޕަރެޝަން ކުރަނގީގެ އަމާޒަކީ އެއް އަހަރު ތެރޭގައި މުޅި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުންކަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ