ރައީސް ދެއްވީ ތަފާތު ނުކޮށް ކޮންމެ މީހަކަށް އިންސާފު ލިބޭނެކަމުގެ ޔަގީންކަން

އެ ރާއްޖޭގައި ތަފާތުކުރުމެއްނެތި ހަމަ ކޮންމެ މީހަކަށްމެ އަދުލު އިންސާފު ޔަގީންވާނެކަމަށް [ޔަގީންކަން ދެއްވި]. ފުދުންތެރި ދިރިއުޅުމެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން
އިއްޔެ ފާހަގަކުރި ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގައި، ކޮންމެ ރައްޔިތަކަށް ތަފާތު ކުރުމެއްނެތި އަދުލު އިންސާފު ޔަގީންވާނެ ކަމުގެ އިތުބާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލަމުން އަބްދުއްރަހީމް ވިދާޅުވީ ދިވެހިން އެދޭ ދިވެހީންގެ ރާއްޖެއެއް ބިނާކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ."އެ ރާއްޖޭގައި ތަފާތުކުރުމެއްނެތި ހަމަ ކޮންމެ މީހަކަށްމެ އަދުލު އިންސާފު ޔަގީންވާނެކަމަށް [ޔަގީންކަން ދެއްވި]. ފުދުންތެރި ދިރިއުޅުމެއް ލިބިގެންދާނަކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ ދިވެހިންނަށް ގެއްލިފައިވާ ގައުމާއި ރައްޔިތުންގެ ހައްގުތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ކަން ވެސް ރައީސް ދެއްވާފައިވާ ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމުގެ ރަތް ރޮނގު ފަލަކޮށް ދަމާ، އޭގެ އެންމެ ފުރިހަމަ މާނައިގައި މިނިވަންކަން ކަށަވަރުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށެވެ.ރައީސް ދެއްކެވި ވާހަކަފުޅުގެ އުސް އަލިތައް އަބްދުއްރަހީމް ފާހަގަކުރައްވާފައިވާއިރު، ރައީސް ރޭ ވަނީ ގައުމަކަށް މިނިވަންކަން ލިބޭނެ ތިން ސިޔާތަދަކަށް އަލިއަޅުއްވާލާފަ އެވެ. އެއީ އިގްތިސޯދީ ސިޔާދަތާއި ދިފާއީ ސިޔާދަތުގެ އިތުރުން އަމިއްލަވަންތަ ސިޔާދަތެވެ. މި ތިންކަންތައް ފުރިހަމަ ކުރުމަށް ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަމަށް ވަނީ ވިދާޅުވެފަ އެވެ.ގައުމުގެ މިނިވަންކަމަށް ސަރުކާރުން އެޅި އެންމެ ފުރަތަމަ އަދި މުހިންމު ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ގައުމުން ފޮނުވާލާފައިވާކަން ވެސް ރޭ ރައީސް ވަނީ އަނެއްކާ ވެސް ފާހަގަކުރައްވާފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ