ބަދަލު ނުދޭނެ ކަމަށް ބުނެ، މުއިއްޒު ޓްވީޓް ކުރުމަށް ފަހު، ގެއްލުމުގެ ބަދަލު ދޭން ބަޖެޓު ކުރި 101 މިލިއަން ރުފިޔާ ހުސްކޮށް، އިތުރަށް ވެސް ހަރަދުކޮށްފި! މީގެ ތެރެއިން މުއިއްގެ ޖީބަށް 15 މިލިއަން ރުފިޔާ ވަން!

މި އަހަރަށް ފާސްކުރި ބަޖެޓުގައި ގެއްލުމުގެ ބަދަލު ދޭންށާއި ގެއްލުމުގެ ބަދަލު ފޫބައްދަން ބަޖެޓު ކުރި 101 މިލިއަން ރުފިޔާ ހުސްވެ، ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހިއްޖެ އެވެ. 
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި ނެރުނު ދައުލަތުގެ މާލިއްޔަތުގެ އަދާހަމަ އަންގައިދޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ 16 ހަފުތާ ނިމުނުއިރު، ބަދަލު ދޭން 107.4 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މިއީ މި އަހަރަށް ކަނޑައެޅި އަދަދަށް ވުރެ 6.4 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މުއިއްޒުވަނީ ވެރިކަމަށް ވަޑައިގެން ‏ރައްޔިތުންގެ ފައިސާއިން ގަވާއިދާއި ޚިލާފަށް ނަހަމަ ގޮތުގައި ބަދަލު ދިނުމަކީ އެއްގޮަތަކަށްވެސް ކުރެވިގެންވާނޭ ކަމެއްނޫން ކަމަށް ބުނެ ސެޓްލްމެންޓް ކޮމިޓީ އުވާލާފައެވެ. އެހެންކަމުން މުއިއްޒު ފަހުން ބަދަލު ދީފައި ވަނީ އެއްވެސް އުސޫލެއްގެ ތެރެއިންވެސް ނޫނެވެ. މިހެން ކަން އޮތް އިރު، މުޅި މާލެ ތެރޭގައި ދެކެވޭ ވާހަކަ އަކީ ބަދަލު ދިން ފަރާތްތައް އަތުން މުއިއްޒު އެތައް މިލިއަން ކަޓުގެ ގޮތުގައި ނެގި ވާހަކައެކެވެ.
ރާއްޖޭގެ މިހާރު ހުރި ރައީސް އަކީ އިންތިހާއަށް ކޮރަޕްޓް އެހާ ދޮގު ހަދައި، ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގައި ވަކި ހައްދެއް ގެންގުޅުއްވާ މީހެއްް ނޫނެވެ.
ބަދަލު ދިނުމަށް ބަޖެޓް ކޮށްފައި ވާ ވަރަށް ވުރެ އިތުރަށް ރައްޔިތުންގެ ފައިސާ މުއިއްޒު އެކަމަށް ޚަރަދު ކޮށްފައި ވާ ސަބަބެއް ސަރުކާރުން ވަނީ ހާމަ ކުރުމަށް ދެކޮޅު ހަދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ