އައު ސަރުކާރުން ހަވާލުވިއިރު ނުދައްކައި ހުރި 3.5 ބިލިއަން ރުފިޔާއަށްވުރެ ގިނަ ބިލު މިހާރު ދައްކައި ހަލާސްކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު ވިދާޅުވީ ސަރުކާރާއި ހަވާލުވިއިރު ނުދައްކައި ހުރި ބިލުތަކުގެ ޖުމްލަ އަދަދު ހަތް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމަށެވެ. ނަމަވެސް މި ސަރުކާރުން މިހާރު އެ ބިލުތަކުގެ 50 ޕަސަންޓަށްވުރެ ގިނަ ބައި ދައްކައި ހަލާސްކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. މިހެންކަމުން މިހާތަނަށް 3.5 ބިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ބިލު ވަނީ ދައްކައިފައެެވެ.
“އަޅުގަނޑުމެންނަށް ސަރުކާރު ލިބުނުއިރުގައި ގާތްގަނަޑަކަށް 7 ބިލިއަން ރުފިޔާގެ ނުދައްކައި ހުރި ބިލުތައްވެސް ހުރި. އެއަދަދުވެސް އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ 50 ޕަސަންޓަށް ކުޑަކުރެވިފަ އެހުރީ,” -މިނިސްޓަރު ސައީދު-
ސައީދު ވިދާޅުވީ ބާކީ ހުރި ބިލުތައް ވެސް ދައްކައި ހަލާސްކުރުމުގެ މަސައްކަތް ކުރަމުންއަންނަކަމަށެވެ.
ވޯލްޑްބޭންކުގެ ޓީމަކުންވެސް އަންނަނީ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލާތު ދިރާސާކުރުމަށް ދަތުރެއް ކުރަމުންނެވެ. މި ދަތުރުގެ ބައިވެރިންނަށްވެސް ރާއްޖޭގެ އިގުދިސާދީ ހާލަތާގުޅޭގޮތުން މައުލޫމާތު އަރުވާފައިވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ވާދަވެރި ދާއިރާއެއްގެ މަޖިލިސް ޓިކެޓު, އުމަރު ނަސީރުގެ ރަނިންމޭޓަށް އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ 6 އަންހެން ކެންޑިޑޭޓުން ހިތަދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް އިންޑިއާއިން މަސް ދޯނިތަކަށް އެރި މައްސަލައިގެ ތަހުގީގު ހާމަކުރަންޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ