ހިޔާ ފްލެޓުގަ އިތުރު ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހިޔާ ފްލެޓަކީ އެއްފަހަރާ 40،000 މީހުން ދިރިއުޅޭ ތަނެކެވެ. މިތަނުގައި ހަރުކުރާ ފިލްޓްތަކާއެކު އަރައި ފޭބުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އެއްތަނެއްގައި ދިރިއުޅެމުން ގެންދާ ހިޔާފްލެޓުތަކުގައި އިތުރު 32 ފިލްޓް ހަރުކުމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. 
ހުޅުމާލެ ދެވަނަ ފިޔަވަހި ނުވަތަ ހިޔާ އަވަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓުތައް ހަރުކުރުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ހައުސިން މިނިސްޓަރު ޑރ. އަލި ހައިދަރު އެވެ. ގާތްގަނޑަކަށް 35،000 އެއްހާ މީހުން ދިރިއުޅޭ 7،000 ފްލެޓު ހިމެނޭ ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓްތަކެއް ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ވައުދެކެވެ. 
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މި މަަސައްކަތްތަކީ ރިޔާސީ ވައުދެއް ކަމަށާ މި މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. 
" މަސައްކަތް ކުރިއަށްދާއިރު ކޮންމެވެސް ވަރެއްގެ ދަތިތަކާ މިތަނުގައި އުޅޭ ބޭފުޅުންނަށް ކުރިމަތިވެދާނެ. އެހެންވެ އެންމެހައި ބޭފުޅުންގެ އެއްބާރުލުމަށް އެދެން. އަޅުގަނޑުމެން މިކަން ކުރަން ޖެހުނީ މިފަދަ ބޮޑު އިމާރާތެއްގައި އެކަށީގެންވާ ވަރަށް ލިފްޓް ނެތުމުން. އިރާދުކުރެއްވިއްޔާ ދެން ހެލޭ ފްލެޓުތަކުގައި މިކަން ހައްލުވާނެ. ބަލި މީހުން އުފުލޭ ލިފްޓްވެސް ހުންނާނެ،" ހައިދަރު ވިދާޅުވި އެވެ. 
މި ރަސްމިއްޔާތުގައި ހުޅުމާލެ ބަލަހައްޓާ ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ވިދާޅުވީ އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރާނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަމަށާ އެ ކުންފުނީގެ މުވައްޒަފުން އަބަދުވެސް އެ މަސައްކަތުގައި ދެމިތިބޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް މުއްސަތަގުބަލުގައި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަސައްކަތްތަކާއި މި ނޫން ވެސް އިތުރު މަސައްކަތް ތަކެއް ފެށިގެންދާނެ ކަމަށެވެ. 
އޭނާ ވިދާޅުވީ ހުޅުމާލެ ހިޔާއަށް މިވަގުތު ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ފެށިގެންދާ މި މަސައްކަތުގެ އަލީގައި ހުޅުމާލޭގައި ހުރި މިފަދަ ގިނަ މަސައްކަތް ތަކެއް ވެސް ފެށިގެންދާނެ ކަމަށެވެ. 
"ކުރިއަށް އޮތް ދުވަސްތަކުގައި ޕްލޭނިން ނިންމާފައި ހުރި ކަންކަން ނިމިގެންދާއެކު ގިނަ ކަންކަމަށް ހައްލު ވެގެންދާނެ،" ފަޒުލް ވިދާޅުވި އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ