މަޝްރޫއުތަކަށް ހުރަސްއަޅާނެ ބަޔަކު މަޖިލީހަށް ގެންނަންޖެހޭ ސަބަބެއް ނެތް: ރައީސް މުޢިއްޒު

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއު ތަކަށް ހުރަސް އަޅާ ބަޔަކު މަޖިލީހަށް ހޮވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރުއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނި، އަންނަ އާދީއްތަ ދުވަހު، ހެނދުނު ހެނދުނާއި ވޯޓުލާން ނުކުމެ ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ.
އެގޮތުން ވޯޓްލާއިރު ތަރައްގީއާއި، ގައުމުގެ ހަމަޖެހުމާއި، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ވޯޓް ދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި ރައީސް ވިދާޅުވިގޮތުގައި، ގައުމަށް އެކަންކަން ހާސިލް ވާނީ ސަރުކާރުން ނެރެފައިވާ ކެންޑިޑޭޓުންނަށް ވޯޓް ލައިގެންނެވެ. 
މީގެ އިތުރުން ރައީސް ވިދާޅުވީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތަށްފަހު އެމަނިކުފާނު ވެވަޑައުގެންނެވި އެންމެ މުހިންމު ވަޢުދަކީ ގެދޮރުވެރިކަމުގެ ވައުދު ކަމަށެވެ. އަދި ގެދޮރުވެރިކަމަކީ މާލެއާއި ރާއްޖެތެރޭގެ ރައްޔިތުންނަށްވެސް ކުރިމަތުވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާއިރު، އެމަބިކުފާނުގެ ދައުރު ނިމޭއިރު ހުރިހާ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. 
ނަމަވެސް މަޖިލީހުގައި އެކަމަށް ހުރަސް އަޅާނެ ބަޔަކު ތިބި ނަމަ އެވައުދުވެސް ނުފުއްދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 
މި ވައުދު ނުފުއްދޭނެ މިކަމަށް ހުރަސް އަޅާނެ ބަޔަކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ރެއާއި ދުވާލު ސަރުކާރާ ދެކޮޅަށް، ވަކި އެޖެންޑާތަކެއް ކުރިއަށް ލައިގެން މަސައްކަތް ކުރާނެ ބަޔަކު އަޅުގަނޑުމެން ޚިޔާރު ކޮށްފިއްޔާ. ރެއާދުވާލު ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރު ކޮށްލާ. ސަރުކާރުން ގެދިރުވެރިކަމުގެ މަޝްރޫއެއް ހިންގަންވެގެން ބޭރުން އެހީއެއް ހޯދަން ހުއްދަ އަކަށް އަހާލާއިރަށް އެކަން އެޖެންޑާ ނުކޮށް އެތައް ދުވަހެއް ބޭކާރު ކޮށްލާ. މަޖިލީހުން ރައްޔިތުން ބިކަ ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް މަޖިކިސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ، ނިމިދިޔަ ފަސް އަހަރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެމެ ބޯހިޔާވަހިކަން ކަށަވަރު ނުކޮށްދެވުނު ކަމަށެވެ. އަދި އެ ސަރުކާރަށް އެ މަސައްކަތް ފެށުނީވެސް ދައުރު ނިމެން ދެތިން ދުވަހަށް ވުމުން ކަމަށް އެމަނިކުފާނު ވުދާޅުވިއެވެ. އެގޮތުން ދިން އިރުވެސް ގޯތި ދީފައުވަނީ ފަޅުން ކަމަށާ ފުލެޓްތައް ވެސަ ހުރީ ނުނިމި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 
އެހެންކަމުން، އެފަދަ ބަޔަކަށް، ދެވަނަ ފަހަރަށް މަޖިލީހުގެ މެޖޯރިޓީ ދޭންވީ ސަބަބެއް ނެތް ކަމަށް ރައީސް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ