ބަންކަރިން ހިދުމަތުން 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް
ބަންކަރިންގެ ޚިދުމަތުން މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. ސައީދު މިހެން ވިދާޅުވީ "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ. ރާއްޖޭގައި ބައިނަލްއަގުވާމީ ބަންކަރިންގެ ހިދުމަތް ފެށީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.ބަންކަރިން ހިދުމަތް ފެށީ ދެ ބޯޓާ އެކުގަ އެވެ. އެެއީ 3،258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3،929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ. ސައީދު ވިދާޅުވީ އިޤްތިޞާދު އޮތް ދަތި ހާލަތުގައިވެސް އަދި އޮފްޝޯ ފެސިލިޓީއެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށައިގެން މިހާތަނަށް 1.5 މިލިޔަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް މިހާރުވެސް އެސްޓީއޯއަށް ލިބިފައިވާ ކަމަށެވެ.ސައީދު ވިދާޅުވީ، އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭގެ މަޝްރޫޢުގެ ދަށުން ބަނދަރު ހަދާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ފައިނޭންސިން ސެންޓަރު ގާއިމްކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ސައީދު ވިދާޅުވި އެވެ.މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން އިހަވަންދިއްޕޮޅުގައި ހަދާ ބައިނަލްއަގުވާމީ ބަންކަރިން މަޝްރޫއު ފެށުމުގެ ގޮތުން އެސްޓީއޯ އާއި ވިޓޯލް ގްރޫޕްއާ ދެމެދު މިދިޔަ މާޗް 13 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިވެސް ކޮށްފަ އެވެ.ވިޓޯލްއަކީ ހަކަތައިގެ ވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު އެއް ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތައް ދުނިޔޭގެ 40 ގައުމެއްގައި ހުންނައިރު މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކާ ފިއުލްގެ ގޮތުގައި ވިއްކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ