ނޮޅިވަރަންފަރުގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ހަވާލުކޮށްފި

ހދ. ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިރުގެ ހަކަތަ އިން (ސޯލާ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.
އެގޮތުން ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އިރުގެ ހަކަތައިން ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ހަވާލުކުރީ އަލްޓްރާ އިންޖިނިއަރިން އެންޑް ޓްރޭޑިން އާއި އެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރުުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ 31 އޮގަސްޓް ވީ އާދީއްތަ ދުވަހު ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ.
މި އެއްބަސްވުމުގައި ނޮޅިވަރަންފަރު ކައުންސިލްގެ ފަރާތުން ރައީސް ޢަބުދުﷲ ނައީމް ސޮއިކުރައްވާފައިވާއިރު، އަލްޓްރާ އިންޖިނިއަރިން އެންޑް ޓްރޭޑިން އިން ސޮއިކުރައްވާފައިވަނީ މުޙައްމަދު އައިޝް ޔޫނުސް އެވެ.
ފަހަކަށް އައިސް އިރުގެ ހަކަތައިން ރަށްރަށުގައި ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމަށް ނިންމާފައިވާ ނިންމުމަކީ، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި އެ ވަސީލަތްތައް ބޭނުންކުރުން އިތުރުކުރުމަށް ކަމަށް ފާހަކޮށްލެވެއެވެ.
މިގޮތުން މިކަމުގެ ސަބަބުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަވާނެކަމަށް ލަފާކުރެވެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ