ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދު، ސިންގަޕޫރުގެ ފަސްޓް ލޭޑީ، މިސިސް ޖޭން އިއްތޯގީ ޝަންމުގަރަތުނަމް، އިންތިޒާމުކުރެއްވި ޚާއްސަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
މި ސައިފޮދު ބާއްވަވާފައިވަނީ މިއަދު ހެނދުނު ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ފަސްޓް ލޭޑީ މެޑަމް ސާޖިދާ، ސިންގަޕޫރަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރަސްމީގޮތުން މަރުޙަބާދެންނެވުމުގެ ރަސްމިއްޔާތަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް ދެންނެވި ހޫނު މަރުޙަބާއަށްޓަކައި ސިންގަޕޫރުގެ ފަސްޓް ލޭޑީ މިސިސް ތަރުމަންއަށް ޝުކުރުއަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން، އަދާކުރައްވަމުން ގެންދަވާ އެކި މަސްއޫލިއްޔަތުތަކުގެ މަސައްކަތްތަކާ ބެހޭގޮތުން ތަފާތު ތަޖުރިބާތަކާއި ޚިޔާލުފުޅުތައް ހިއްސާކުރައްވައި، މަޝްވަރާ ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސިންގަޕޫރުގެ ފަސްޓް ލޭޑީ އިންތިޒާމުކުރެއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ