ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަކަށް ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން އެންމެ 2 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:54 ހާއިރު ކަމަށެވެ.
މިހާތަނަށް ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ކ. އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް އެ ކުއްޖާ ވެއްޓި ގެނބުމުގެ ސަބަބުންނެވެ. ނަމަވެސް އެއީ ދިވެހި ކުއްޖެއް ކަމެއް ނުވަތަ ކޮން ގައުމަކަށް ނިސްބަތްވާ ކުއްޖެއްކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން،" ފުލުހުން ބުންޏެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ދެ އަހަރުގެ ކުއްޖަކު ރިސޯޓެއްގެ ޕޫލަށް ވެއްޓި މަރުވެއްޖެ ދެ އަހަރުގެ ކުއްޖަކު ރިސޯޓެއްގެ ޕޫލަށް ވެއްޓި މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ