ހުލާސާކޮށް އިއްޔެ: ޕީއެސްއެމްއިން ގާނޫނާ ހިލާފުވެ، މުއިއްޒު ބޭނުންވާ ގޮތަށް ކެމްޕޭން ކޮށްދޭން ފެށުން ހުލާސާކޮށް އިއްޔެ: ޕީއެސްއެމްއިން ގާނޫނާ ހިލާފުވެ، މުއިއްޒު ބޭނުންވާ ގޮތަށް ކެމްޕޭން ކޮށްދޭން ފެށުން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ރައްޔިތުންގެ މެދުގައި އަންނަ އެޕްރީލް ހަތަރެއްގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ހަމައެކަނި ސަރުކާރުން ބޭނުންވާ ގޮތަށް ކެމްޕޭން ކުރަމުން އަންނާތީ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ފާޑުކިޔުން އަމާޒުވި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފެންނަ ނުފެންނަ ވޯޓުގައި މުއިއްޒުގެ ސަރުކާރުން ބޭނުންވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށެވެ. ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޖިލީހުގެ ކުރީގެ މެންބަރުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެހެން ޕާޓީތަކުން ވެސް ވަނީ މި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ގޮވާލާފަ އެވެ.
ޕީއެސްއެމްއިން ވަނީ މި ފެންނަ ނުފެންނަ ވޯޓާ ގުޅިގެން "ހޭލުން" ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ. އެ ޕްރޮގްރާމްގައި މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައި ޕްރޮމޯޓުކޮށްފައި ވަނީ ސަރުކާރުގެ ސްޓޭންޑެވެ. އެ ޕްރޮގްރާމްތަކުގައި ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބި މީހުން އަންނަނީ ބައިވެރިވެ ދެ އިންތިހާބު އެއްކޮށްލުމާ އެއްކޮޅަށް ސަރުކާރުން ދައްކަމުން އަންނަ ވާހަކަަތައް ތަކުރާރުކޮށްފަ އެވެ.
މިފަދަ ކަންކަމުގައި ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އަމަލުކުރުމަށް ވަރަށް ސާފުކޮށް ޕީއެސްއެމްގެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ޕީއެސްއެމްގެ އެއް މަގުސަދަކީ ވެސް ނުފޫޒުން އެއްކިބާވެފައިވާ، އަދި އެޑިޓޯރިއަލް މިނިވަންކަން ލިބިފައިވާ، ދިވެހިރާއްޖޭގެ އެންމެހައި ސަރަހައްދުތަކަށް ހިދުމަތް ފޯރުކޮށްދޭ ގައުމީ މީޑިއާއެއްގެ ގޮތުގައި ދެމިއޮތުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ