ރައްޔިތުން ވޯޓް ދޭނީ ތިލަފަތަށް، އެ މަންޒަރު އެބަ ފެނޭ: ފައްޔާޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ފެންނަމުން އަންނަނީ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓް އަޅާނެ މަންޒަރު ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީން މިހާރު ކުރިއަށްގެންދާ ކެމްޕޭން ދަތުރުތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރަށްރަށުގެ އިހުތިސާސް ވަކިކޮށް، އެފަދަ ސަރަހައްދުތަކުން ސީދާ ކައުންސިލްތަކަށް ނަފާ ހޯދުމަށް މަގުފަހިވުން ވެގެެން ދިޔުމަކީ މާލީ މިނިވަންކަން ކައުންސިލްތަކަށް ލިބިދިން ކަމެއް ކަމަށާއި އެފަދަ ތަސައްވުރަކާއެކު އިންތިހާބުގައި ވާދަ ކުރަނީ އެމްޑީޕީގެ ކެންޑިޑޭޓުން އެކަނި ކަމަށެވެ.ފައްޔާޒު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރަނީ ރަށްރަށުގެ ތަރައްގީއާ ގުޅޭ އެފަދަ ހަރުދަނާ ތަސައްވުރަކާއެކު ކަމަށެވެ. އަދި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ފެންނަމުންދަނީ ތިލަފަތަށް ރައްޔިތުން ވޯޓު އަޅާ މަންޒަރު ކަމަށް އޭނާ ޔަގީންކަމާއެކު ވިދާޅުވިއެވެ. ރ. އަތޮޅުގެ ދަތުރުތައް ނިންމަވާލެއްވުމަށްފަހު، އެމްޑީޕީގެ ކެމްޕޭން ޓީމުން މިއަދު ވަނީ ބ. އަތޮޅަށް ދަތުރު ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ