ރާއްޖޭގެ އެންމެ ރަނގަޅު ފިކްސްޑް ނެޓްވޯކަކަށް އުރީދޫ ސުޕަނެޓް

ދުނިޔޭގެ އެންމެ މަގުބޫލު އިންޓަނެޓް ސްޕީޑްޓެސްޓް ހިދުމަތް ކަމަށްވާ އޫކްލާ އިން ހޮވާ ރާއްޖޭގެ "ބެސްޓް ފިކްސްޑް ނެޓްވޯކް" ގެ ޝަރަފު އުރީދޫ މޯލްޑިވްސް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެ އެވެ.މިއީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުންޏަކަށް މި އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ. ނެޓްވޯކް އިންޓެލިޖެންސް އަދި ކަނެކްޓިވިޓީ އިންސައިޓްސްގެ ދާއިރާގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ އޫކްލާ އިން މި އެވޯޑު ދެނީ ގިނަ ކަސްޓަމަރުންތަކެއްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ދިރާސަތަކެއް ހެދުމަށް ފަހު އެވެ. މި އެވޯޑު ދިނުމުގައި ޑައުންލޯޑް ސްޕީޑް، އަޕްލޯޑް ސްޕީޑް އަދި ނެޓްވޯކް ރެސްޕޮންސިވްނެސް ފަދަ މެޓްރިކްސްތަކުން ލިބޭ ސްޕީޑް ސްކޯ އަށް ބަލަ އެވެ. މިއީ އުރީދޫން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކާއި ވިޔަފާރިތަކާއި ގޭބިސީތައް މެދުނުކެނޑި ގުޅުވާލުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ބްރޯޑްބޭންޑް ފުޅާކުރުމުގެ އިތުރުން އީޖާދީ ޓެކްނޮލޮޖީތަކަށް ކުރާ އިންވެސްޓްމަންޓްތައް ރަމްޒު ކޮށްދޭ އެވޯޑެއް ކަމަށް އެ ކުންފުނިން ބުންޏެވެ. އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވަސްމީ ވިދާޅުވީ ރާއްޖޭގައި ބެސްޓް ފިކްސްޑް ނެޓްވޯކްގެ އޫކްލާ ސްޕީޑް ޓެސްޓް އެވޯޑް ލިބުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށެވެ.އަދި އެ ކުންފުނީގެ ނެޓްވޯކް ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ ރަށްތައް ގުޅުވާލުމާއި މުޖުތަމައުތައް ބާރުވެރިކުރުވުމާއި ވިޔަފާރިތައް ޑިޖިޓަލްކޮށް ކާމިޔާބު ކުރުމަށް މަގުފަހިކޮށްދޭ ގޮތަށް ކަމަށް ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި، އިތުބާރު ހިފޭ ކަނެކްޓިވިޓީ މިހާރަށް ވުރެ ފުރިހަމައަށް ވެސް ފޯރުކޮށްދިނުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ އެވެ.އުރީދޫން ދަނީ ޒަމާނީ ފައިބާ ނެޓްވޯކްތަކާއި، ބްރޯޑްބޭންޑް އިނޮވޭޝަންތަކާއި، ކަސްޓަމާ ފޯކަސްޑް ސޮލިއުޝަންތަކަށް އިންވެސްޓް ކުރަމުންނެވެ.އެ ކުންފުނީގެ ފިކްސްޑް ނެޓްވޯކް ޚިދުމަތްތަކުގެ ތެރޭގައި ފައިބާ ބްރޯޑްބޭންޑް އަދި ނެކްސްޓް ޖެނެރޭޝަން ހޯމް ކަނެކްޓިވިޓީ ސޮލިއުޝަންސް ހިމެނެ އެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް ރާއްޖޭގައި ކޮންމެ ތަނެއްގައި ހުއްޓަސް، މެދުކެނޑުމެއްނެތި މަސައްކަތް ކުރުމާއި، އުނގެނުމާއި، ސްޓްރީމް ކުރުމާއި، ގުޅުވާލުމުގެ ފުރުސަތު ފަހިވާނެއެވެ. މިއީ އުރީދޫގެ ޑިޖިޓަލް މޯލްޑިވްސްގެ ތަޞައްވުރު ކަމަށް އެ ކުންފުނިން ބުނެއެވެ.އޫކްލާ ސްޕީޑްޓެސްޓް އެވޯޑަކީ ކޮބާ؟އޫކްލާގެ ސްޕީޑްޓެސްޓް އެވޯޑަކީ ކޮންމެ ދުވަހަކު ވެސް އެތައް މިލިއަން ބަޔަކު އަމިއްލައަށް ހަދާ ޓެސްޓުތަކުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ. މިއީ އެއްވެސް ކުންފުންޏަކުން ދޭ މައުލޫމާތަށް ބިނާކުރުމުގެ ބަދަލުގައި، ކަސްޓަމަރުންނަށް އަމަލީ ގޮތުން ލިބޭ އިންޓަނެޓްގެ ދުވެލި ވަޒަންކޮށްގެން ދޭ އެވޯޑަކަށް ވާތީ، މިއީ މާކެޓުގައި ނެޓްވޯކެއްގެ ފެންވަރު ވަޒަންކުރާ އެންމެ އިތުބާރު ހުރި މިންގަނޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ