އަތޮޅު ތެރޭގެ 6 ހޮސްޕިޓަލެއް މި އަހަރު ނިންމަނީ
އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި، ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވާ ކަމަށާއި މި އަހަރުގެ ތެރޭގައި ހަ ހޮސްޕިޓަލެއްގެ މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނޭ ކަމަށް ހެލްތް މިނިސްޓްރީގެ ސްޓެޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ޞިއްޙީ ނިޒާމަށް ޢުމްރާނީގޮތުން އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން، މި އަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ. ކެނދިކުޅުދޫ، ރ. ދުވާފަރު، ބ. ތުޅާދޫ، ޅ. ހިންނަވަރު، ކ. ގުރައިދޫގެ ހޮސްޕިޓަލް ތަރައްގީކުރުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޝަރީފް ވަނީ ރާއްޖޭގެ ނުވަ ސަރަހައްދެއްގައި ޑައިލިސިސް ސެންޓަރުތަކެއް މިހާރު ގާއިމުކުރެވިފައިވާނެ ކަމަށާއި، ރީޖަނަލް ހޮސްޕިޓަލްތަކުގައި މިހާރު އެމްއާރްއައިގެ އިތުރުން ސީޓީ ސްކޭން ހެދޭނޭ އިންތިޒާމު ހަމަޖައްސަމުން އަންނަކަން ފާހަގަކުރައްވާފައެވެ. ޝަރީފް ވަނީ ރާއްޖޭގެ 76 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ނުދެވި ހުރިކަން ފާހަގަކޮށްފައެވެ. ލެބޯޓްރީގެ ޚިދުމަތަކީ ހަގީގަތުގަ ބަލި ދެނެގަތުމުގައި އެންމެ މުހިންމު އެއް ޚިދުމަތް ނަމަވެސް 76 ރަށެއްގައި ލެބޯޓްރީ ނެތް،ހެލްތް މިނިސްޓްރީގެ ސްޓެޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ޝަރީފް ވަނީ މި ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ހުރިހާ ރަށެއްގައި ވެސް ކުޑަ މެޝިނެއް ބޭނުންކޮށްގެން ލެބޯޓްރީގެ ޚިދުމަތް ފޯރުކޮށްދީފައިވާކަން ފާހަގަކޮށްފައެވެ. ނަމަވެސް، ރައީސްގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ވެސް ލެބޯޓްރީއެއް ގާއިމުކޮށް، އެ ޚިދުމަތް ދެވޭނޭ އިންތިޒާމު ހަމަޖެއްސުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި، މި އަހަރުގެ ތެރޭގައި 76 ރަށުގެ ލެބޯޓްރީގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އައިރު 76 ރަށެއްގެ މީހުން އެ ޚިދުމަތުން މަހުރޫމުވެފައި ތިބިކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި ލެބޯޓްރީގެ ޚިދުމަތް ލިބި ރައްޔިތުންނަށް ލެބޯޓްރީގެ ފަސޭހަކަން ލިބޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދައުލަތުން މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި ވެސް ސިއްހި ދާއިރާއަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާއިރު، މި އަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ފަށާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ