މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ގޮވާލައިފި

މުޒާހަރާތައް ކަވަރުކުރަ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ. ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ ކަވަރު ކުރަން ހަރަކާތްތެރިވި ނޫސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށް ނޫސްވެރިންގެ މަސައްކަތަށް ފުލުހުން ހުރަސްއެޅިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފަ އެވެ. https://twitter.com/mjamaldives/status/1388737666020114433 އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޖެއޭ އިން ބުނީ ރޭގެ މުޒާހަރާ ކަވަރު ކުރަން އުޅުނު ނޫސްވެރިންނަށް ފުލުހުން ހުރަސްއެޅި މައްސަލަ ބަލައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ އަށް ގޮވާލާ ކަމަށެވެ. އެމްޖޭއޭ އިން ބުނީ މުޒާހަރާތަކާއި އެއްވުންތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ޖާގަދީ، ފުރުސަތު ދިނުމަށް މީގެ ކުރިންވެސް ފުލުހުންނަށް އިލްތިމާސް ކޮށްފައިވާނެ ކަމަށާއި ނަމަވެސް ނޫސްވެރިންނަށް އަމާޒުކޮށްގެން ބާރުގެ ބޭނުން ކުރުމަށް އަދިވެސް ނިމުން ނާންނަ ކަމަށެވެ. މިއީ އެއްވުންތަކުގައި ފުލުހުން އަމަލުކުރާގޮތް ގެނެސްދިނުމަށް ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއެޅުން ކަމަށް އެމްޖޭއޭ އިންް ބުންޏެވެ. ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރިގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ