ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ޔައުބޫގުގެ ގޮނޑިއާ މެދު ސުވާލު އުފެއްދީ، ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުރެ ޗާޓާޑް އެކައުންޓެންޓްސް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލުގެ މެމްބަރުކަމާ އޭނާ ހަވާލުވެވަޑައިގަތުމުންނެވެ. އެ މަގާމާ ހަވާލުވެވަޑައިގަތުމުން އަމާޒުވި ފާޑުކިޔުމާއެކު ޔައުގޫބު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ކުރެއްވުމަކީ ޔައުގޫބުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އަލީ އާއި ޕީޕީއެމް، ޕީއެންސީގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ އައްސަދު ޝަރީފެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި ދައުލަތުގެ މުއައްސަސާއެއްގެ އެހެން މުސްތަގިއްލު މަގާމެއް އަދާ ނުކުރެއްވުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭ ޝަރުތެކެވެ. ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓުގެ ކައުންސިލު މެމްބަރު ކަމާ ހަވާލުވެވަޑައިތުމުން އެ ޝަރުތު އުނިވެފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް، މިއަދު އެ މައްސަލަ ބަލައި ސުޕްރީމް ކޯޓުން އިއްވި ހުކުމުގައިވާ ގޮތުން ގޮތުން ޔައުގޫބުގެ ގޮނޑި ނުގެއްލޭނެ އެވެ. އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސްގެ ކައުންސިލް މެމްބަރުކަމަކީ ދައުލަތުގެ ވަޒީފާއެއް، ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަން ނުވަތަ ކޮމިޝަނެއްގެ މަގާމެއް ކަމަށް ބެލެވޭނެ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގައި މަޖިލީހުގެ މެމްބަރުުކަމުން ވަކިވާނެ ހާލަތުތައް ބަޔާންކޮށްފައި ވަނިކޮށް، މެމްބަރު ކޮށްގެން ނުވާނެ ކަންކަން ގަނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައި އޮތުމުން، (ރ)ގައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް، މެމްބަރު ކަމުން ވަކި ކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ހުކުމުގައިވެ އެވެ. އިތުރު ތަފްސީލު އަންނަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ