އެއްވަނަ ދަަރަޖަ ހޯދާ ހާފިޒުންނަށް ހާއްސަ މެޑަލެއް ދޭން ރައީސް ނިންމަވައިފި

ގުރްއާން ހިިތުދަސްކޮށް، އެއް ވަނަ ދަރަޖައިން ފާސްވާ ހާފިޒުންނަށް ހާއްސަ މެޑަލްއެއް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިިންމަވައިފި އެވެ.
އެ ދަރަޖަ ހާސިލްކުރައްވާފައިވާ ހާފިޒުންނަށް މިއަހަރު އެ މެޑަލް ދެއްވާނީ، އަންނަ ހުކުރު ދުވަހު ޖުމްހޫރީ މައިދާނުގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ރަސްމިއްޔާތުގައި ދައުލަތުން ދޭ ގައުމީ އެހެން އިނާމުތައް ވެސް ހަވާލުކުރާނެ އެވެ.
ފުރަތަމަ ދަރަޖައިން ފާސްވި ހަތަރު ހާފިޒަކަށް ރައީސްގެ ހާއްސަ މެޑަލް މި އަހަރު ލިބިވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ގުރްއާން ހިތުދަސްކޮށް، ދެ ވަނަ ދަރަޖަ އާއި ތިން ވަނަ ދަރަޖަ ހާސިލްކުރާ ހާފިޒުންނަށް މީގެ ފަހުން އިނާމު ހަވާލުކުރާނީ ގައުމީ ގުރްއާން މުބާރާތުގެ ނަތީޖާ ފާޅުކުރާ ދުވަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ