ފިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމަށް އަހުމަދު މުހައްމަދާއި ހަވާލުކުރައްވައިފި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ވަގުތީގޮތުން ހިންގެވުން، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު އަހުމަދު މުހައްމަދާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަވާލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޢަބްދުﷲ ޖިހާދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން، އެމިނިސްޓްރީ ވަގުތީގޮތުން އަހުމަދު މުހައްމަދާއި ހަވާލުކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް މިނިސްޓްރީ ހަވާލުކުރެއްވީ ކިހާ ދުވަހަކަށް ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ