ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަވަހާރަކޮށްލުމަށް އިތުރު ހަމަލާތަކެއް ރާވާފައި ހުރެދާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރުމަށް އެެކުލަވާލި ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ ކަން ވެސް ކުރައްވަމުން ގެންދަވާ މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ރޮއިޓާސް އަށް ދީފައިވަ އިންޓަވިއުއެއްގަ އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ރައީސް ޔާމީން އަވަހާރަކޮށްލަން ރާވަފައިވާ ގޮތަށް ބަލާއިރު އެއް ހަމަލާއާއި އަނެއް ހަަމަލާއާ ގުޅިފައިވާ ކަމަށެވެ. އަދި މި ހަމަލާތައް ރޭވިފައި ހުރި ގޮތުގެ ތަފުސީލްތައް ހޯދައި ބަަލަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ރައީސް އަވަހާރަކޮށްލަން ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަަށެވެ. އެގޮތުން ލޯންޗްކޮޅު ގޮއްވާލައިގެންނާއި ރިޔާސީ ގަނޑުވަރު ކައިރީގައި ބޮމެއް ގޮއްވާލައިގެންނާއި ދުރުން ރައީސް އަށް އަމާޒުކޮށް ހަމަލާދީގެން އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވިދާޅުވެފައިވެ އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު މީގެ ކުރިން ވިދާޅުވީ ކުރީގެ ނައިބް ރައީސް އަދީބް ހައްޔަރުކޮށްފައި ހުރީ ދިވެހި ދައުލަތަށް "ގައްދާރުވުމުގެ" ތުހުމަތުގައި ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްފައި ހުރީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމުގައި ބައިވެރިވި ކަމަށް ކުރެވޭ ތުހުމަތާއި ގުޅޭ ހެކި ލިބިގެން ކަމުގައިވެސް ވިދާޅުވި އެވެ.
މިމައްސަލައާއި ގުޅިގެން އަށް މީހަކު ހޯދުމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އަދި އޭގެ ތެރެއިން އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ރައީސް އަވަހާރަކޮށްލަން އިތުރު ހަމަލާތަކެއް ރޭވިފައި ހުރެދާނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ