ހެލްމެޓް އަޅައިގެން ފޭރެން އުޅުނު މީހަކު ހައްޔަރުކޮށްފި

ފައިސާތަކެއް ހިފައިގެންދިޔަ މީހެއްގެ ސައިކަލު ހުއްޓުވައި ފައިސާތަކެއް ފޭރެން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރޭ 11:30 ހާއިރު ފަރީދީ މަގުގައި ހުންނަ ފަތަހަ ސުންބުލި ކައިރިން މީހަކު ސައިކަލުގައި ދަނިކޮށް އެ މީހާގެ ސައިކަލް ކުރިމައްޗަށް އަރައި ހުއްޓުވުމަށް ފަހު އެމީހާގެ އަތުގައި ހުރި ފައިސާތައް ފޭރެން އުޅެނު މައްސަލާގައި ހެލްމެޓު އަޅައިގެން ހުރި 18 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާއާއެކު އިތުރު މީހަކު ވެސް ހެލްމެޓު އަޅައިގެން އުޅުނު ނަމަވެސް އޭނާ ވަނީ އެތަނުން ފިލާފައެވެ.
އެމީހުން ހައްޔަރުކުރީ އެ ވަގުތު އެ ސަރަހައްދުހައި އުޅުނު ދެ ފުލުހެއްގެ މަސައްކަތުންނެވެ.
މިފަހަކަށް އައިސް ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންވެ ބޮޑެތި އަދަދުތަކުން ބޭންކަށް ޖަމާކުރުމަށް ފައިސާ ހިފައިގެންދާއިރު ފުލުހުންގެ އެހީތެރިކަން ހޯދުމަށް ފުލުހުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ