ކަރަންޓް ފިސްތޯލަ ބޭނުކުރާނީ ހާއްސަ ތަމްރީން ލިބިފައިވާ ފުލުހުން

ފުލުހުންގެ އޮޕަރޭޝަންތަކަށް ތައާރަފުކުރި ކަރަންޓު ފިސްތޯލަ ނޫނީ ޓޭޒާ ގަން ބޭނުންކުރަން ފުލުހުން ތަމްރީނު ކުރަން ފަށައިފިއެވެ. އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮންޑަކްޓެޑް އިލެކްޓްރިކަލް ވެޕަން (ސީއީޑަބްލިއު) އަކީ އެ ބަޑި ބޭނުންކުރާނެ ގޮތުގެ ވަކި ހާއްސަ ތަމްރީނެއް ފުރިހަމަކުރާ ފުލުހުންނަށް އެކަނި ދޫކުރާ އެއްޗެއް ކަމަށެވެ. އަދި މިހާރު އެ ބަޑި ބޭނުންކުރަން ފުލުހުން ތަމްރީނު ކުރަން ފަށާފައި ވާއިރު، ތަމްރީނުގައި ބައިވެރިވާ ކޮންމެ ފުލުހެއްގެ ގަޔަށް ވެސް ޓޭޒާ ގަން ޖަހައި، "ފަސްޓް ހޭންޑް އެކްސްޕީރިއަންސް" ދޭނެ ކަމަށް އޭސީޕީ ވިދާޅުވިއެވެ. https://twitter.com/fairoosh/status/1262695879313461248 ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޮފިސަރުންގެ ސަލާމަތާއި އާންމުންގެ ރައްކާތެރިކަމަށްޓަކާ ފުލުހުންގެ އޮޕަރޭޝަންތަކުގައި "ކޮންޑަކްޓެޑް އިލެކްޓިރިކް ވެޕަން" ނޫނީ ކަރަންޓް ފިސްތޯލަ ބޭނުންކުރުމުގެ ޓްރަޔަލްއެއް މިހާރު ފަށާފައިވާ ކަމަށެވެ. ފުލުހުން ފިސްތޯލަ ބޭނުން ކުރާތަން ދައްކުވައިދޭ ވީޑިއޯއަކާ އެކު ސީޕީ ވިދާޅުވީ، މިއީ ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތުގައި، ފުލުހުންނަށް ލިބިދާނެ ގެއްލުން ކުޑަކުުރުމަށް ބޭނުންކުރާނެ ވަސީލަތެއްކަމަށެވެ. ސީޕީ ވިދާޅުވީ ކަރަންޓު ބަޑި ބޭނުންކުރަން ފަށާއިރު، އެ ބޭނުންކުރާ ގޮތް މޮނީޓާ ކުރެވިގެންދާނެ ކަމަށެވެ. މި ހަތިޔާރު ފުލުހުން ބޭނުން ކުރަނީ ޒިންމާދާރުކޮށްކަން ކަށަވަރު ކުރުމަށް ޓަކައި މި ފިސްތޯލަ ބޭނުންކުރާނީ ބޮޑީކެމެރާ އާއެކު ކަމަށްވެސް ސީޕީ ވިދާޅުވި އެވެ. މިއީ ފުލުހުންގެ އަމުރަށް މީހަކު ނުކިޔަމަންތެރިވާ ހާލަތުގައި ބޭނުންކުރާނެ އާލާތަކަށް ވާއިރު، ދުރުގައި ހުންނަ މީހާ އަށް އަމާޒުކޮށް އިލެކްޓްރިކް ޝޮކެއް ފޮނުވާލަ އެވެ. މި ޝޮކުގެ ސަބަބުން އެމީހާއަށް ގެއްލުމެއް ނުލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ