ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ސަރުކާރަށް ގޮވާލައި ޖޭޕީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުން ގަރާރެއް ފާސްކޮށްފި އެވެ.
ޖޭޕީން މިއަދު ބޭއްވި އެޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމަށް މިގަރާރު ހުށަހެޅުއްވީ ޖޭޕީގެ ތޮއްޑޫ ދާއިރާގެ މަޖިލިސް އިބްރާހީމް ހަސަން (އެވިލާ) އެވެ.
މިގަރާރުގައި ވަނީ ސުޕްރީމް ކޯޓުގެ އަމުރުގައިވާ ކަންކަން ތަންފީޒު ކުރުމަށް ތާއީދުކޮށް ބާރު އެޅުމުގެ ގޮތުން އެކަމަށް އިގުރާރުވެ ރާއްޖޭގެ އިދާރީ ދާއިރާތަކުގެ ލޯކަލް ކައުންސިލްތަކުން ގަރާރުތައް ނެރުމަށާއި، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލުމަށް ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުން ވީހާވެސް ގިނަ ރައްޔިތުން މާލެއަށް ޖަމާވުމަށް ޖޭޕީ ގައުމީ ހިންގާ ކޮމިޓީ އެއްބަސްވެ އިގުރާރުވާ ކަމަށެވެ.
މިގަރާރަށް ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލުމަށް ގާނޫނީ އިމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންޖެހޭ ކަމަށެވެ. ސަރުކާރުގެ އަމަލުތައް ހުރީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރާ ގޮތަށް ނޫން ކަމަށާއި އެހެންކަމުން މިއަމުރު ވަގުތުން ވަގުތަށް ތަންފީޒު ކުރުވުމަށް ބާރު އެޅުމަށް ސަރުކާރަށް ފިއްތުއްތައް ކުރިމަތިކުރުވަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ ޖޭޕީން ގަރާރެއް ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ