މޯލްޑިވްސް ޑިވެލްޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު އިންތިހާބުވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީއޭގެ ލީޑަރު ކަމަށް ސިޔާމު އިންތިހާބުވުމުން މަރުހަބާ ވިދާޅުވާ ކަމަށާއި އެމްޑީއޭ އާއި ޕީޕީއެމްއަކީ ގައުމު ބިނާ ކުރުމުގައި ބައިވެރިން ކަމަށެވެ.
ސިޔާމް އެ މަގާމަށް އިންތިހާބުވެ ވަޑައިގެންފައި ވަނީ އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވުމުން ނެވެ.
އެމްޑީއޭގެ ލީޑަރު ކަމަށް ސިޔާމް އިންތިހާބުވެ ވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ލީޑަރަކަށް އިންތިހާބުވެފައި ވަނީ އިންތިގާލީ މަރުހަލާގައި ވެސް ނައިބު ލީޑަރުކަން ކުރެއްވި ތިން ބޭފުޅުން ކަމަށްވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން އައިޝަތު ރަފިއްޔާ އެވެ.
މީގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދުގެ ހަތަރު ވަނަ ބާބުގެ 25 ވަނަ މާއްދާގެ (ހ) ގެ ދަށުން ޕާޓީގެ ލީޑަރަށް ލިބިދީފައިވާ ބާރުގެ ދަށުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނައިބް ލީޑަރަކަށް އައްޔަން ކުރައްވާފައިއެވެ.
އެމްޑީއޭގެ ލީޑަރު ކަމަށް ސިޔާމް އިންތިހާބުވުމުން މައުމޫން މަރުހަބާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ