އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތެއް ބާއްވަނީ

މާލޭގެ ސްކޫލް މަދަރުސާ ތަކުގެ ކުދިނަށް އަމާޒްކޮށް އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތެއް ބާއްވަން ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނިންމައިފި އެވެ.
ހޭންޑްބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މުޖްތަބާ (މުޖޭ) ވިދާޅުވީ މިމުބާރާތަކީ ސްކޫލް މަދަރުސާތަކުގެ މެދުގައި ކުޅިވަރާއި އެކުވެރިކަން އާލާކޮށް އެއްބައިވަންތަކަން އަށަގެންނެވުމުގެ ގޮތުން ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތެއް ކަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 12، 14 ، 16 އަހަރުންދަށުގެ އަންހެން / ފިރިހެން އުމުރު ފުރާތަކުގެ މެދުގައި ކަމަށް ވެސް މުޖޭ ވިދާޅުވި އެވެ.
މުޖޭ ވިދާޅުވީ މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 23 އިން އަންނަ މޭ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މުބާރާތުގައި ބައިވެރި ވުމަށް އެދޭ ފޯމް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ސިޓީއަކުން ނުވަތަ އީމެއިލް (handballmaldives@gmail.com) އަކުން ވެސް ފޮނުވޭނެ ކަމަށް މުޖޭ ވިދާޅުވި އެވެ.
އަދި މީގެ އިތުރުން މުޖޭ ވިދަޅުވީ މުބާރާތުގެ ޑްރާފްޓެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަން މެދުވެރިކޮށް މާލޭގެ ސްކޫލްތަކަށް ފޮނުވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ