ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ކެނޑިޑޭޓަކު ނެރުމަށް އެޕާޓީން މިއަދު ބޭއްވި ޕްރައިމަރީ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ކާމިޔާބު ކުރައްވައިފިއެވެ.
ފަސް ކެނޑިޑޭޓަކު މި ޕްރައިމަރީގައި ޕީޕީއެމްގެ ޓިކެޓަށް ކުރިމަތި ލެއްވި ނަމަވެސް ޕްރައިމަރީގެ ވޯޓުގެ ކުރިން 3 ބޭފުޅަކު އަނބުރާ ނަން ގެންދެވުމާއި ގުޅިގެން، ޕްރައިމަރީގައި ފާރިޝް މައުމޫނާއި، ވާދަކުރެއްވީ މ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި، ޖުމުލަ 429 މީހުން ވޯޓުލާފައި ވާއިރު، ފާރިޟް މައުމޫނަށް ލިބިވަޑައިގެންނެވީ 288 ވޯޓެވެ. މޫސާ ނަސީރަށް ލިބިވަޑައިގެންނެވީ 140 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓް ދޭނެ ބޭފުޅެއްގެ ގޮތުގައި ފާރިޝް މައުމޫން ހޮވާފައި ވާއިރު، އެދާއިރާއަށް އިދިކޮޅު ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމުގެ ވާހަކަތަކެއް ކުރިން ދެކެވުނު ނަމަވެސް، އެމްޑީޕީން އެދާއިރާއަށް ނެރޭ ކެނޑިޑޭޓަކު ހޮވުމަށް ހޯމަދުވަހު ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވާފައިވަނީ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. ބައި އިލެކްޝަންއަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ދީފައިވަނީ މިމަހުގެ 28 ވަަނަ ދުވަހުގެ ނިޔަލަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި އެދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އުމުރަށް ޖަލަށް ލުމަށް ސްޕްރީމް ކޯޓުން ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
ދިއްގަރު ދާއިރާގެ ޕީޕީއެމް ޓިކެޓް ފާރިޝް މައުމޫނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ