ބަސް ހުއްޓިތަކަށް "އަށި"

ހިތަދޫ ބޮޑު މަގުގެ ބަސް ހުއްޓި ކާރީ އިށީންނާނެ "އަށި" ބެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) ގުޅިގެން ފަށައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ ބަސް ހުއްޓި ތަކު ކާރީ ގިނަ ވަގުތު އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންގެ އިތުރުން ކުޑަކުދިން ގިނަ އިރު ކޮޅަށް ތިބޭ ކަމަށެވެ. އެހެންވެ އެފަރާްތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ބެހެއްޓި އަށި ތަކެއް ކަމަށެވެ.
ކައުންސިލުން ބުނީ އަށިތައް ހިޔާ ކުރުމުގެ މަސައްކަތްވެސް ކައުންސިލުން ކުރިއަށް ގެންދާނެކަމަށެވެ.
ހިތަދޫ ބޮޑު މަގު ރީތި ކުރުމުގެ ގޮތުން އެމްއާރްޑީސީ އާއި ކައުންސިލުން ދަނީ މަގުގެ ދެފަރާތު ޕޭވްމަންޓް މަތީ ގަސްމުށިތައް ބަހައްޓައި އެއަށް ފަސް އަޅަމުންނެވެ. އަދި ރީތި މާ ގަސްތައް އިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އައްޑޫ އަކީ އަމާން ރީތި ތަނަކަށް ހެދުމަށް ކައުންސިލުން މިފަހަރު ހާއްސަ އިސްކަމެއް ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ