ސަބްސްޓޭޝަން މަރާމާތުކުރާއިރު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނޭ: ސްޓެލްކޯ

ރޭ ފަތުހުގެ ވަގުތެއްގައި ސްޓެލްކޯގެ ސަބްސްޓޭޝަންއެއްގައި އަލިފާން ރޯކޮށްލާފައިވާތީ، އެ ސަބްސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތު މާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓުުގެ ހިދުމަތް ކެނޑިދާނެކަަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ، އަލިފާން ރޯކޮށްލާފައިވާ ސަބްސްޓޭޝަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ވަގުތު ސްވިޗިން ކުރުމަށް ހަމަޖެހިފައިވާތީ މާލޭގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތް ކެނޑޭނެކަމަށެވެ.
އަލިފާން ރޯކޮށްލާފައިވަނީ އެކުންފުނީގެ 50 ނަމްބަރު ސަބްސްޓޭޝަނުގައިކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ފަތިހު 4:30 ހާއިރު ހިނގި އެހާދިސާގައި މުޅި ފޮށި ވަނީ އަނދާފައެވެ.
އެއީ ބަޔަކު ގަސްތުގައި ދިން ހަމަލާއެއްކަމަށް ބެލެވޭއިރު، އެހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ