ދުނިޔޭގައި ވެސް މިހާތަނަށް އެންމެ ބޮޑު މަޝްހޫރު ކަމެއް ލިބުނު ކްރޫޒް ލައިނާ ކަމަށްވާ ޓައިޓޭނިކް އާއި އެއްގޮތައް ތައްޔާރުކުރަމުން އަންނަ "ޓައިޓޭނިކް 2" ގެ ދަތުރުތައް 2018 ވަނަ އަހަރު އަހަރު ފަށާނެ ކަމަށް އެގްރޫޒް ލައިނާ އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ އޮސްޓްރޭލިއާގެ ކުންފުނިން ބުނެފިއެވެ.
ގަނޑުފެން ގަނޑެއްގައި ޖެހިގެން 1912 ވަނަ އަހަރު އަޑިއަށް ދިޔަ ޓައިޓޭނިކްގެ ނަކަލެއް ތައްޔާރުކުރަމުން އަންނަނީ އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ ބްލޫ ސްޓާ ލައިން އިންނެވެ.
އެކުންފުނިން ބުނާ ގޮތުގައި ޓައިޓޭނިކް އަލުން އުފައްދަނީ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތަކާއި އެކުއެވެ. ހާދިސާއެއް ދިމާވެއްޖެނަމަ އުޅަނދުގައި ތިބި މީހުން ފަސޭހައިން ސަލާމަތް ކުރެވޭނެ ގޮތައް ޑިޒައިން ކޮށްފައިވާ މިޓައިޓޭނިކްގައި ސެޓްލައިޓް ކޮންޓްރޯލްސް އާއި ޑިޖިޓަސް ނެވިކޭޝަން ސިސްޓަމާއި ރާޑަރު ސިސްޓަމްތައް ހުންނާނެއެވެ.
އާޓައިޓޭނިކްގެ ދިގު މިނުގައި 900 އެއްހައި ފޫޓް ހުންނާނެއެވެ. އަދި އުސްމިނުގައި 173 ފޫޓް ހުންނާނެއެވެ. މިއުޅަނދުގެ ބަރުދަން ސާޅީސްހާސް ޓަނަށް އަރާނެއެވެ.
އާޓައިޓޭނިކްގައި ވެސް ކުރީގެ ޓައިޓޭނިކެކޭ އެއްގޮތައް ތިން ކްލާސް ހިމެނޭނެއެވެ. އެއީ ފަސްޓް ކްލާސް، ސެކަންޑް ކްލާސް އަދި ތާޑް ކްލާސްއެވެ.
އާޓައިޓޭނިކްގެ ޓިކެޓްގެ އަގުތައް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއްމިލިއަން ޑޮލަރަށް ވެސް ޓިކެޓް ގަންނަން އެތައް ބަޔަކު ތައްޔާރަށް އެބަތިއްބެވެ.
ދެވަނަ ޓައިޓޭނިކްގެ ދަތުރުތައް 2018 ގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ