މުސާރަ ނުދިނުމުން ދިޔަމިގިލީ ޕްރީ ސުކޫލުގެ ޓީޗަރުން ކިޔަވައިދިނުން ހުއްޓާލައިފި

ތ. ދިޔަމިގިލީ ޖަމިއްޔާއަކުން ހިންގާ އެރަށް ޕްރީ ސްކޫލް ޓީޗަރުނަށް މުސާރަނުދޭތާ ތިން މަސް ވެފައިވާކަމަށް ބުނެ ޓީޗަރުން ކިޔަވައިދިނުން މިއަދު ހުއްޓާއި ލައިފި އެވެ.
ދިޔަމިގިލީ ޒުވާނުންގެ ދިރުމުން ހިންގާ ޕްރި ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވި ހަސަން އާދަމް ވިދާޅުވީ ޓީޗަރުނަށް މުސާރަ ނުދޭތާ ތިން މަސް ވެފައިވާ ކަމަށާއި ޓީޗަރުންނަށް މުސާރަ ދެނީ ރަށު ކައުންސިލުން ކަމަށެވެ.
ދިޔަމިގިލީ ޕްރީ ސްކޫލުގައި ކިޔަވައިދެނީ ތިން ޓީޗަރުން ނެވެ. ކިޔަވަނީ 53 ދަރިވަރުންނެވެ.
"މިއަދު ކިޔަވައި ދިނުން ހުއްޓާލީ މުސާރަ ނުދޭތީ އަޅުގަނޑުމެން ޖަމިއްޔާގެ ފަރާތުން އެދިފައިވާނެ މުސާރަ ކަންތަށް ހަމަޖައްސަވައި ދެއްވަމަށް އެކަމަކު އަދި މިހާތަނަކަށް އެކަމެއް ކޮށެއްނުދެއްވާ،" ހަސަން ވިދާޅުވި އެވެ.
ދިޔަމިގިލީ ޕުރީ ސުކޫލު ޓިޗަރެއްކަމަށްވާ ޝިރުޒާ އިބުރާހިމް ބުނީ އެންމެ ފަހުން މުސާރަ ދީފައިވަނީ ޖެނުއަރީ މަހު ކަމަށާއި އޭގެ ފަހުން މުސާރަ ނުދޭ ކަމަށެވެ.
"އަޅުގަނޑުމެން ތަކުރާރުކޮށް މުސާރަ ދިނުމަށް އެދުމުން މިދިޔަ ބުރާސް ފަތި ދުވަހު ވިދާޅުވީ ދޭނަމޭ. އެމަކު ވެސް ނުދޭ، އެހެންވެ އަޅުގަނޑުމެން ނިންމި ގޮތަކީ މިއީ" ޝިރުޒާ ބުންޏެވެ.
ދިޔަމިގިލީ ޕުރީ ސުކޫލު ޓިޗަރުނަށް މުސާރަ ނުދޭ މައްސަލާގައި ދިޔަމިގިލީ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ މުސާރަ ނުދެވެނީ މުސާރަ ޖަމާ ނުވެގެން ކަމަށެވެ.
"މުސާރަ ހޯއްދުމަށްޓަކައި އަޅުގަނޑުމެން މިދަނީ ކަމާ ބެހޭ މުއައްސަސާތަކާ ވާހަކަ ދައްކަމުން" ރިޔާޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ