އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުން ވިދާޅުވީ މި މެއި މަހުގެ 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކޮމަންޑޫގެ ރައްޔިތުންނަކީ ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި ބޭއްވުމަށާއި ކުރިއަށް އޮތް ރަމަޟާން މަހާދިމާކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށެެވެ.
އެގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ތަފާތު އެކި ޕްރޮމޯޝަންތަކުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާއި ގުޅޭގޮތުންނާއި ރައްޔިތުންގެ ގޭގެއަށް ފުލުހުން ޒިޔާރަތްކޮށް, ރައްޔިތުން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެެވެ.
އަދި އަމިއްލަ އެކައުންޓްގެ މަޢުލޫމާތާއި ކޭޝްކާޑުގައިވާ މަޢޫލޫމާތު އެއްވެސް މީހަކަށް ނުދިނުމަށާއި އެކި ޕްރޮމޯޝަންތަކުގައި ގުޅައިގެން އެފަދަ މަޢުލޫމާތު ހޯދުމަށް އަންނަ ފޯންކޯލަކީ ރަނގަޅު ކޯލްތަކެއް ނޫންކަމާއި އެފަދަ މަޢުލޫމާތުތައް ހޯދުމަށް ބޭންކުން ނުވަތަ އެހެން މުއައްސަސާތަކުގެ ފަރާތުން ނުގުޅާނެކަން ރައްޔިތުންނަށް އޮޅުންފިލުވައިދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިމަޢުލޫމާތުތަކުގެ އިތުރުންވެސް ފުލުހުން ދެމުންދާ ހިދުމަތްތަކާއި ބެހޭގޮތުން މަޢުލޫމާތުދީ ފުލުހުންގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކާމެދު ހޭލުންތެރިކުރުމުގެ ގޮތުން ކޮމަންޑޫގައި ޕްރޮގްރާމެެއް ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ