ހިރިޔާ ސްކޫލް ހިންގުން، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލާ ހަވާލުކޮށްފި

ހިރިޔާ ސްކޫލް ހިންގުން، އިސްކަންދަރު ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ރިންޒީ ވަހީދާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ހިރިޔާ ސްކޫލް ރިންޒީއާ ހަވާލުކުރީ، އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދުގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި ރިންޒީ އެ ސްކޫލް ހިންގުން ހަވާލުކުރީ، މިނިސްޓްރީއަށް ލިބިފައިވާ ބާރަކަށްވާތީ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ހިރިޔާ ސްކޫލް ހިންގުން ރިންޒީއާ ހަވާލުކުރިއިރު، ހިރިޔާ ސްކޫލްގައި ދެ ޑެޕިއުޓީ ޕްރިންސިޕަލުން ތިބިކަން ފާހަގަކޮށްލެވެއެވެ.
ޖިންސީ އަމަލުތަކަށް މަގުފަހިވާ ފަދަ ވާހަކަތަކެއް ދެއްކުމާއި ގުޅިގެން، ހައްޔަރުކުރުމަށްފަހު ކޯޓުން ދޫކޮށްލާފައިވާ ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް މަސްރޫފް އެއް މަސްދުވަހަށް ވަނީ ސަސްޕެންޑްކޮށްފައެވެ.
ކޯޓުން ވަނީ މަސްރޫފް ދޫކޮށްލާފައެވެ. މަސްރޫފް ދޫކޮށްލީ، ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތު ކުރުމަށްފަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ