ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށާއި އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ޕީޕީއެމް އިން ސޮއި ކުރި 45 މެންބަރުންގެ ތެރޭގައި ވެސް ހިމެނޭ މެންބަރު އަބްދުﷲ އަހުމަދު މިރޭ ވިދާޅުވީ، މަޖިލީހުގެ މުޅި ދުސްތޫރީ ނިޒާމް ފުޑުފުޑުކޮށްލަން ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްއަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި މަސީހު އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.
އަބްދުﷲ އެހެން ވިދާޅުވީ އިރު، އިދިކޮޅު ފަރާތްތަކުން ވެސް ގޮވާލަމުން އަންނަނީ މަސީހުގެ އިސްތިއުފާއަށެވެ. އަދި މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު މައްސަލައިގައި ސޮއި ކުރި މެންބަރުންނަށް ވުރެ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުން އެވެ.
އެހެން ނަމަވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ސޮއި ކުރި ހުރިހާ މެންބަރުން މަސީހާ ދެކޮޅަށް ވޯޓް ނުދޭނެ ކަމަށެވެ. އަދި އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށް ވެސް ޕީޕީއެމްގެ އިސް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މަސީހުގެ އިސްތިއުފާއަށް އެމްޕީ އަބްދުﷲ ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ