އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ކެނދިކުޅުދޫ ދާއިރާގެ ޓިކެޓް އެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ކާމިޔާބު ކުރައްވައިފި އެވެ.
އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް މިއަދު މެންދުރުން ފެށިގެން މިރޭ 21:30 ވޯޓުލުން ކުރިއަށް ގެންގޮސް މިހާރު ވަނީ ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާފަ އެވެ.
އެގޮތުން ވަގުތީ ނަތީޖާ ދައްކާގޮތުން، ކެނދިކުޅުދޫ ދާއިރާގެ ޓިކެޓް ކަށަވަރުވިކަން އީސަ ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން އީސަ ކުރެއްވި އެދާއިރާގެ ވަގުތީ ނަތީޖާ ފެންނަ ޓްވީޓުގައި ކާމިޔާބީ ފާހަގަކޮށް އީސަ ވަނީ ދާއިރާގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އީސަ އަށް 579 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. އަދި އީސަ އާއި ވާދަކުރެއްވި ވާސިފު އަހުމަށް 85 ވޯޓު ލިބުނު އިރު، އަހުމަދު ޝިފާން އަކީ ލިބުނީ 13 ވޯޓު އެވެ. އަދި ބާތިލް ވޯޓުގެ ގޮތުގައި 3 ވޯޓު ވަނީ ގުނާފަ އެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ޓިކެޓް ކުރީގެ މެންބަރު އީސަ އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ