ބަތަލާ ކަރިޝްމާ ކަޕޫރުގެ ފިލްމުގައި އާލިއާގެ މަންމަ ސޯނީ ރަޒްދާން

ވެބް ސީރީސް "މައި އެޖެންޓް" އިން ދާދިފަހުން ފެނުނު ބަތަލާ އަދި އާލިއާ ބަޓްގެ މަންމަ ސޯނީ ރަޒްދާން ބަތަލާ ކަރިޝްމާ ކަޕޫރުގެ "ބްރައުން" ނަމަކަށްކިޔާ ވެބް ސީރީސްއާއި ގުޅިއްޖެއެވެ.
ކަރިޝްމާ ކަޕޫރުގެ އިތުރުން ކުރީގެ މަޝްހޫރު ނެށުންތެރިޔާ އަދި ފިލްމީ ތަރި ހެލެންވެސް މިސީރީސްއިން ފެނިގެންދާނެއެވެ.
ކުރީގެ ބައެއް ފިލްމުތައްވެސް ކުޅެފައިވާ ބަތަލާ ސޯނީ ރަޒްދާން ފިލްމާއިގުޅުމުން ކަރިޝްމާވަނީ އެކަމާ ވަރަށް އުފާވާކަމަށް ބުނެފައެވެ.
ފިލްމީ ދާއިރާއަށް ނިސްބަތްވުމުގެ އިތުރުން ސޯނީ ރަޒްދާންއަކީ ކަރިޝްމާގެ ފަހަރި، ބަތަލާ އާލިއާގެ މަންމައަށްވެފައި އެއީ އާއިލާގެ މެމްބަރެއްކަމަށްވެސް ކަރިޝްމާވަނީ ބުނެފައެވެ. އެހެންކަމުން ސެޓުގައި ވަރަށް އުފާވެރި ހިތްހަމަޖެހޭ ވަގުތުތައް 2 ތަރިންވެސް ހޭދަކުރާކަމަށް ކަރިޝްމާވަނީ ބުނެފައެވެ.
ވެބް ސީރީޒް "ބްރައުން" އަކީ "ދިއްލީ ބެލީ"އާއި "ފޯސް 2" ފަދަ ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ އަބިނޭ ޑިއޯ ޒީ5އަށް ޑައިރެކްޓްކޮށްދޭ ސީރީސްއެކެވެ.
މިސީރީސްއާއި ބެހޭގޮތުން މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައިނުވާއިރު މިއީ ކްރައިމް ޑްރާމާ ސީރީސްއެއްކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.
ސޯނީއަށް ސީރީސްގައި ކުޅެން ލިބުނު ދައުރާއި ބެހޭގޮތުން އަދި މާބޮޑު ތަފްސީލު ދެވެން ނެތްކަމަ ބުނަމުން ބަތަލާ ބުނެފައިވަނީ، އޭނާއަށް ކުޅެން ލިބުނު ދައުރަކީ ވަރަށް ހަޤީޤަތާއި އެއްގޮތް ޗެލެންޖިންގް ދައުރެއް ކަމަށެވެ. އެފަދަ ރޯލެއްކުޅުމަށް އަބަދުވެސް ހުންނާނީ ތައްޔާރަށްކަމަށް އާލިއާގެ މަންމަ ސޯނީވަނީ ބުނެފައެވެ.
އަދި ހަމައެއާއެކު ހެލެންއާއި ކަރިޝްމާ ފަދަ އިންޑަސްޓްރީގައި ގިނަ ތަޖުރިބާތަކެއްކޮށްފައިވާ ބައިވެރިންތަކަކާއެކު ސްކްރީން ހިއްސާކޮށްލަން ލިބުނު ފުރުސަތު ދޫކޮށްލަން ބޭނުންނުވާކަމަށް ސޯނީ ބުނުފައިވެއެވެ.
މިހާތަނަށް ސޯނީ ރަޒްދާން ގިނައިން ފެނިފައިވަނީ ސަޕޯޓިންގް ރޯލްތަކުންނެވެ. އޭގެތެރޭގައި ދަރިފުޅު އާލިއާއާއެކު ފެނިގެންދިޔަ ފިލްމު "ރާޒީ"ހިމެނެއެވެ.
މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ މަހޭޝް ބަޓްގެ އަންހެނުން އެންމެފަހުން ފެނިފައިވަނީ ފިލްމު "ސަރްދާރްކީ ގްރޭންޑް ސަން" އިން އެކްޓަރު އަރުޖުން ކަޕޫރުގެ މަންމަގެ ރޯލްއިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ