ހަފްތާ ބަދިގެ: އޯރިއޯ ނަޓެއްލާ ކޭކް


ކޮންޓެއިނަރަކަށް 12 އޯރިއޯ ބިސްކޯދު ހިމުންކޮށް ފުނޑުކޮށްލާށެވެ. ދެން މީގެ ތެރެއަށް ބަޓަރުކޮޅު އަޅައި އެއްކޮށްލުމަށްފަހު ޓްރޭއެއްގެ ފުލުގައި މިމިކްސް ފަތުރާލުމަށްފަހު ފްރިޖުގައި 15 މިނެޓް ފިނިކުރަން ބަހައްޓާލާށެވެ.
އެހެން ކޮންޓެއިނަރެއްގައި ކްރީމް ޗީޒް, ވިޕިން ކްރީމް އަދި އައިސިން ޝުގަރު ރަނގަޅަށް އެއްކޮށްލާށެވެ. ދެން މިމިކްސް ދެބަޔަކަށް ބައިކޮށްލާށެވެ.
މީގެ އެއްބަޔަށް 12 އޯރިއޯ ބިސްކޯދު ފުނޑުކޮށްފައި އެއްކޮށްލާށެވެ. މީގެ އަނެއް ބަޔަށް ނަޓެއްލާ އެއްކޮށްލާށެވެ.
ކުރިން ފްރިޖަށް ލީ ޓްރޭ ނެގުމަށްފަހު ލޭޔާކޮށް ނަޓެއްލާ ކްރީމް އަދި އޯރިއޯ ކްރީމް އަޅާލާށެވެ. އަދި މީގެ މައްޗަށް ފުނޑުކުރި އޯރިއޯ ފަތުރާލުމަށްފަހު ފްރިޖުގައި ހަތަރު ގަޑިއިރު ފިނިކުރަން ބަހައްޓާލާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ