ފުރަތަމަ ފަހަރަށް ސިއްހީ ދާއިރާގެ ދިގު ރާސްތާ ޕްލޭނެއް ހަދައިފި

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތަރައްގީއަށާއި އެ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރަން އެކުލަވާލި ފަސް އަހަރުދުވަހުގެ ދިގު ރާސްތާގެ ޕްލޭން އިފްތިތާހު ކޮށްފި އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭން އިފްތިތާހު ކޮށްދެއްވީ ހެލްު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ.
ރާއްޖޭގެ ސިއްޚީ ދާއިރާގެ އެހާރާއި މިހާރަށް އަލިއަޅުއްވާލައްވާ މިނިސްޓަރު މިއަދު ވިދާޅުވީ ކުރިމަތިވަމުން އައި ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގެ ސިއްހީ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައި ކަމަށެވެ. މީގެ އިތުރުން އެކަމަނާ ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީން ކުރަން އިފްތިތާހު ކުރި ދިގުރާސްތާ ޕްލޭނަކީ ސިއްހީ ދާއިރާާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ތަރައްގީ ކުރަން މުހިންމު ޕްލޭނެއް ކަމަށެވެ.
އަލަށް އިފްތިތާހު ކުރި ޕްލޭނާ ބެހޭ ގޮތުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ޝިފްނާޒް ހަސަން ވިދާޅުވީ، އާ ޕްލޭނަކީ މައިގަނޑު ފަސް ދާއިރާއެއްގެ މައްޗަށް އެކުލަވާލެވިފައިވާ ޕްލޭނެއް ކަމަށާއި އޭގެ ތެރޭގައި ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ޕްރޮފެޝަނަލް މީހުން ބިނާކުރުމާއި މިހާރު ތިބި ޕްރޮފެޝަނަލް މީހުން ވަޒީފާގައި ދެމިތިބުމަށް ބާރު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުމުގެ އިތުރުން މީހުން ތަމުރީންކުރުމާއި ސިއްޙީ ދާއިރާގެ މެނޭޖްމެންޓާއި ލީޑަޝިޕް ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނޭ ކަމަށެވެ.
"މިއީ މިހާތަނަށް މިފަހުގެ ތާރީޚުގައި ސިއްހީ ދާއިރާގެ ދިގުރާސްތާ ޕްލޭނެއް އެކުލަވާލައިގެން މަސައްކަތް ކުރެވޭ ފުރަތަމަ ފަހަރު. މި ޕްލޭންގައި ބޮޑަށް އަލިއަޅުވާލެވިފައިވާނީ، މިހާރު ތިއްބެވި ސިއްހީ ހިދުމަތްތެރިންގެ ހާލަތުބަލައި އަދި ކުރިއަށް އޮތްތަން ރަނގަޅު ކުރުމަށް،'' އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ