އަންނަ މަހުން ފެށިގެން ކަރަންޓުގެ އަގަށް ބަދަލު ގެނެސް ސަބްސިޑީ ކަނޑާލުމަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން އިއުލާންކުރީ މިއަދު އެނާޖީ މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއާއި އެމްޑަބްލިއުއެސްސީގެ އިތުރުން އެންސްޕާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ސަބްސިޑީ ކަނޑާލައި ހުރިހާ ރަށެއްގެ ކަރަންޓުގެ އަގަށް ބަދަލު ގެންނަން ސަރުކާރުން ނިންމައި މިއަދު އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
އަލަށް އެކުލަވާލި އޮނިގަނޑެއްގެ ދަށުން ކަރަންޓުގެ އަގުތަކަށް ބަދަލު ގެނެސް ސްޓެލްކޯގެ ކަރަންޓް ބިލްތަކަށް ދެމުން ގެންދިޔަ ސަބްސިޑީ ކަނޑާލުމަށް ވަނީ ނިންމާފަ އެވެ. ނަމަވެސް އަތޮޅު ތެރޭގައި ފެނަކައިގެ ކަރަންޓް ބިލްތަކަށް ސަބްސިޑީ ދިނުން ހުއްޓާލުމަށް ނިންމާފައެއް ނުވެ އެވެ.
އަލަށް މިގެންނަ ބަދަލުގެ ސަބަބުން މާލެ ފިޔަވާ އަތޮޅު ތެރޭގެ ހުރިހާ ރަށެއްގައިވެސް ކަރަންޓް ޔުނިޓެއްގެ އަގަށް ޗާޖު ކުރަން ނިންމާފައިވަނީ އެެއް ރޭޓެއްގަ އެވެ. މީގެ ކުރިން ކަރަންޓް ޔުނިޓަކަށް ޗާޖު ކުރަމުން ދިޔައީ އެކި ރަށްރަށުގައި އެކި އަގުތަކަށެވެ.
އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދާ ފެނަކަ ކޯޕަރޭޝަނުން ބުނީ އަންނަ މަހުން ފެށިގެން އެކުންފުނިން ހިދުމަތްދޭ ރަށްރަށުގައި އެވްރެޖުކޮށް ކަރަންޓް ޔުނިޓެއްގެ އަގު ހެޔޮވާނެ ކަމަށެވެ. އެގޮތުން އެކުންފުނިން ބުނީ އާންމު ގޭބިސީތަކުގައި މަހެއްގެ މައްޗަށް ބޭނުންކުރާ ކަރަންޓުގެ މިންވަރު 400 ޔުނިޓަށް ވުރެ ދަށް ނަމަ ގޭބިސީތަކަށް ޗާޖުކުރާ އަދަދު ހެޔޮވާނެ ކަމަށެވެ. އަދި 400 ޔުނިޓަށް ވުރެ އިތުރަށް ކަރަންޓް ބިލަށް އަރާނަމަ އެފަދަ ބިލްތަކަށް އިތުރަށް ގާތްގަނޑަކަށް 80 ރުފިޔާއާއި 135 ރުފިޔާއާއި ދެމެދުގެ އަދަދެއް އަރާނެ ކަމަށެވެ. އަދި މިބަދަލާ ގުޅިގެން ވިޔަފާރި ކެޓަގަރީގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނަށް ނަގަމުންދާ އަގުވެސް ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފަ އެވެ.
މާލެ ސަރަހައްދުގެ ކަރަންޓުގެ އަގުތަކަށް އައި ބަދަލު
0-100 ޔުނިޓް: 2.10 ރުފިޔާ - މިހާރު ނަގަނީ 3.30 ރުފިޔާ
101-200 ޔުނިޓް: 2.20 ރުފިޔާ - މިހާރު ނަގަނީ 3.35 ރުފިޔާ
201-300 ޔުނިޓް: 2.35 ރުފިޔާ - މިހާރު ނަގަނީ 3.65 ރުފިޔާ
301-400 ޔުނިޓް: 2.70 ރުފިޔާ - މިހާރު ނަގަނީ 4 ރުފިޔާ
401-500 ޔުނިޓް: 3.35 ރުފިޔާ - މިހާރު ނަގަނީ 4 ރުފިޔާ
501-600 ޔުނިޓް: 3.95 ރުފިޔާ - މިހާރު ނަގަނީ 4 ރުފިޔާ
601 ޔުނިޓް މަތި: 4.25 ރުފިޔާ - މިހާރު ނަގަނީ 4.35 ރުފިޔާ
ސަބްސިޑީ ކަނޑާލައި، ކަރަންޓުގެ އަގަށް ބަދަލު ގެންނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ